ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން، އެ ވޯޓު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
27 މާޗް 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން، އެ ވޯޓު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި، އެމަނިކުފާނަށް އިތުބާރު އޮތް ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ 48 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ނެތި އަދި މަޖިލިސް ހަލަބޮލިވުމުން، ރިޔާސަތުން ނަން އިއްވި އިދިކޮޅު 13 މެމްބަރުންނާ ވެސް ނުލައި ވޯޓަށް އެހީ ވަކިވަކިން މެމްބަރުން ކައިރިން އަހައިގެންނެވެ. އެގޮތަށް އަމަލުކުރީ މަޖިލިހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ކޮންމެ މެމްބަރެއްގެ ކައިރިން ވަކިވަކިން އަހައިގެން ވޯޓު ކުރިއަށް ގެންދަން ފާސްކުރީ، މައްސަލަ ޖެހުނު ކަމަށް ބުނި އިލެކްޓްރޯނިކް ސިސްޓަމް މެދުވެރިކޮށެވެ. އެކަމަކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މަޖިިލިހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް މޫސާ މަނިކު އެ ވޯޓުގައި ބައިވެރިވި ކަމަށް ސިސްޓަމުން ވަނީ ދައްކައިފަ އެވެ.
ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން، ގާނޫނުއަސާސީ އާއި ގަވާއިދުތަކާއޮ ޑިމޮކްރަޓިކް ހަމަތަކާ ހިލާފުވި މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އިތުބާރު ނެތް ކަން ވެސް މި ވޯޓުން ހާމަވި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބޫ. އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މަޖިލީހަށް ވަނީ ވޯޓު ކާމިޔާބު ކުރުމުގެ އުންމީދާއެކު. މިއީ މަސައްކަތް ހުއްޓުނީއެއް ނޫން. މިއީ ފެށުމެއް. ވަރަށް އަވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ [ކޯލިޝަންގެ ހުރިހާ އެންމެން] އެކީގައި ގުޅިގެން ހުށަހަޅައި ކާމިޔާބު ކުރާނަން،" މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ރޭވުންތެރިކަމާއެކު ކުރިއަށް ގެންގޮސް، މަސީހު ވަކި ކުރުމުގެ މައްސަލަ މިރޭ ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހަށް ވަނީ ވޯޓު ކާމިޔާބު ކުރުމުގެ އުންމީދާއެކު، މަސައްކަތް ހުއްޓުނީއެއް ނޫން، މިއީ ފެށުމެއް، ވަރަށް އަވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެކީގައި ގުޅިގެން ހުށަހަޅައި ކާމިޔާބު ކުރާނަން،" --އިބޫ
ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވީ މަސީހުގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްވުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ނާކާމިޔާބީއެއް ނޫން ކަމަށެވެ. އަދި މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު، މެމްބަރުންނާ ސުވާލުކޮށްގެން ނަގަން ނިންމީ ސަރުކާރުގެ އަޣުލަބިއްޔަތު ނޯންނާނެ ކަން ޔަގީންވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނާ ސުވާލުކޮށްގެން ނަގާ ވޯޓަކީ މެމްބަރުންގެ މިނިވަން ކަމަށް އަރައިގަތުން. މިއީ މިނިވަން ވޯޓެއް ނޫން. ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނެގުނު ވޯޓެއް ނޫން މިއީ،" މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތައް އިއުލާން ކުރާނެ ކަމަށެވެ. އަދި ދިކޮޅު ފަރާތްތަކާއި ގިނަ ބަޔަކު ގުޅިގެން އަންނަތަން ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަނީ: ފޮޓޯ: ސޯޝަލް މީޑިއާ
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިއަދު ޖަލްސާގައި ވެސް ނަގަން ޖެހޭނީ އިލެކްޓްރޯނިކް ވޯޓެކެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގުން ގާނޫނާ ހިލާފު ކަމެކެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި ރޯލް ވޯޓަށް [މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އެހުން] ދިއުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމް ބޭނުން ކުރުމުން އެނގޭ އެއްޗަކީ އެ ސިސްޓަމް ރަނގަޅުކަމެވެ. މިގޮތަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓުލުމުގައި ބިރު ދައްކަމުންދާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މެމްބަރުންނާ ސުވާލުކޮށްގެން ނަގާ ވޯޓަކީ މެމްބަރުންގެ މިނިވަން ކަމަށް އަރައިގަތުން، މިއީ މިނިވަން ވޯޓެއް ނޫން، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނެގުނު ވޯޓެއް ނޫން މިއީ،" -- ފާރިސް
ކުރީގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ ބިރު ދެއްކުމާއި އޮޅުވާލުންތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ތިއްބެވި ކަމަށެވެ.
"ފެނިގެން މި ދިޔައީ އޭގެ އިތުރު ބޮޅެއް. ވޯޓަކަށް ގޮވާލައިފިނަމަ، ބިރުގަނެ، ތެޅިލާ ވަރު މި ފެނުނީ. މަޖިލީހުގައި އަމަލު ކުރާ ހުރިހާ އުސޫލެއް މުގުރާލައި، މިއަދު ވެސް މަސައްކަތް ކުރެއްވީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ކަސްތޮޅު އަޅުވައިގެން "ނާޗަރަންގީ ކުޅުއްވަން،" ޝާހިދު ވިދާޅުވި އެވެ.
"މިއަދު ހިނގި ހުރިހާ ކަމަކީ ބާތިލް ކަންކަން. މަޖިލީހުގެ ރައީސް ބަލައިގަނެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ،"
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"
މަސީހް މިހާރު އިސްތިއުފާ ދޭންވެއްޖެ: މެމްބަރު އަބްދުﷲ
މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ: ޝާހިދު