Roadha Mihaaru
މިނިވަން ވޯޓަކަށް ދާން ސަރުކާރުން ޖެހިލުންވޭ: މައުމޫން

ފެނިގެން ދިޔައީ މިނިވަން ވޯޓަކަށް ސަރުކާރުން ޖެހިލުންވި މިންވަރު: މައުމޫން

27 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަމަލުކުރި ގޮތުން އެނގެނީ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ބިރުގަންނަ މިންވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އަމަލުކުރި ގޮތުން އެނގެނީ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ބިރުގަންނަ މިންވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ފެކްޝަނަށް ނިސްބަތްވާ މަޖިލިހުގެ މެމްބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެމްބަރުން، މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާސްނުވީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އަހަން ނިންމުމުން އިދިކޮޅު މެމްބަރުން އެކަމާ އިހްތިޖާޖްކޮށް، ޖަލްސާ ބޮއިކޮޓް ކުރުމުންނެވެ. މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އެހީ މަޖިލީހުގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި މައްސަލަ އުޅޭ ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުށަހެޅި ހުށަހެޅުން ފާސްވުމުންނެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި މިއަދު ހިނގި ކަންކަމަކީ މަޖިލީހުގެ ގަދަރު ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި އެއިން އެނގެނީ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ޖެހިލުންވާ މިންވަރު އިތުރުވެފައިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިފަދަ ހުރިހާ ކަންކަމަކީ މުޅި ނިޒާމު އިސްލާހު ކުރަންޖެހޭ ސަބަބުތައް ކަމަށް ވެސް އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫން ވެސް ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ބުނެފައި ވަނީ، މިއަދުގެ ވޯޓު ފާސް ނުވިޔަސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް އަލުން ހުށަހަޅާނެ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަގެ އިތުބާރު ނެތް ކަމަށް ބުނެ މިހާރު ހުށަހަޅާފައިވާ މައްސަލަ ކާމިޔާބު ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޓްރޯނިކް ވޯޓިން ބޭނުން ނުކޮށް ވޯޓަށް އަހަން ނިންމުން އިދިކޮޅު މެމްބަރުން ޖަލްސާއަށް ހުރަސް އަޅަން ފެށުމުން އޭގެ ތެރެއިން ބައެއް މެމްބަރުންގެ ނަން އިއްވައި، ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ ތަޅުމުން ނެރުނެވެ. އެކަމަކު ފަހުން އިދިކޮޅު ހުުރިހާ މެމްބަރުން ވަނީ ވޯޓަށް އެހި ވަގުތު މަޖިލީހުގެ ތަޅުން ދޫކޮށް، ޖަލްސާއިން ނުކުމެފަ އެވެ.