Roadha Mihaaru
މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަނީ

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންްގެ ސޮޔާ އެކު ހުށަހަޅަނީ

23 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރަން ހުށަހަޅަނީ، އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އިދިކޮޅު މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވެސް ސޮޔާ އެކު އެވެ. އެކަމަކު މިކަމާ ބެހޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މި މަސައްކަތް ކުރަނީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރު އެވެ. ފުރަތަމަ ފަހަރު ރޯލް ކޯލް ވޯޓިން އަކަށް ގޮސް މަސީހަށް އިތުބާރު އޮތް ކަމަށް ފާސްވި އެވެ. އަދި 45 މެމްްބަރުންގެ ސޮޔާ ދެ ވަނަ ފަހަރު އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު ސޮއިކުރި 12 މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލައި، އެ ހުށަހެޅުން ބާތިލް ވެގެން ދިޔަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަސީހުގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާނީ މަސީހު އެ މަގާމުން ވަކިކޮށްގެން ކަމަށެވެ. މަޖިލީހުގެ މި ދައުރު ފެށިގެން ކުރިއަށް ދާއިރު ވެސް "އެޖެންޑާ ކުރާނެ މައްސަލައެއް ނެތް" ކަމަށް ބުނެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުދެ އެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު އެވެ. މީގެ ކުރިން، ގަވައިދުގައި އޮތް ގޮތުން، އެންމެ 15 މެމްބަރުންގެ ސޮޔާ އެކު ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނެ އެވެ.