ކެއްސާތީ ދޭ ބޭހެއް ބުއި ފަހުން އިންޑިއާގައި ކުދިންތަކެއް މަރުވި މައްސަލަ ބަލަމުން ދަނިކޮށް އިތުރު ކުދިންތަކެއް ވެސް މަރުވެފައިވާ ކަމަށާއި އެކަމަކު ބޭހުގެ ޓެސްޓްކުރި ސާމްޕަލްތަކުން އަދި މައްސަލައެއް ނުފެންނަ ކަމަށް ބުނެފި އެވެ.
ކެއްސާތީ ދޭ ބޭހެއް ބުއި ފަހުން އިންޑިއާގައި ކުދިންތަކެއް މަރުވި މައްސަލަ ބަލަމުން ދަނިކޮށް އިތުރު ކުދިންތަކެއް ވެސް މަރުވެފައިވާ ކަމަށާއި އެކަމަކު ބޭހުގެ ޓެސްޓްކުރި ސާމްޕަލްތަކުން އަދި މައްސަލައެއް ނުފެންނަ ކަމަށް ބުނެފި އެވެ.
މަދިޔަ ޕްރަދޭޝް އާއި ރާޖަސްތާންގައި މިހާރު ވަނީ، ކެއްސާތީ ދޭ ސިރަޕެއް ކަމަށްވާ "ކޮލްޑްރިފް" ދިން ފަހުން މަރުވި ކުދިންގެ އަދަދު 12 އަށް އަރައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ކުދިން މަރުވެފައިވަނީ ބޭސް ދިން ފަހުން ކިޑްނީގައި އިންފެކްޝަން އުފެދި ކިޑްނީ ފެއިލްވެގެންނެވެ.
ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީން ބުނީ ކިޑްނީއަށް ގެއްލުން ލިބޭ އިންޑަސްޓްރިއަލް ކެމިކަލްތައް ކަމަށްވާ ޑައިތިލީން ގްލައިކޯލް (ޑީއީޖީ) އާއި އެތިލީން ގްލައިކޯލް (އީޖީ) ގެ އެއްވެސް އަސަރެއް، ސުވާލު އުފެދިފައިވާ ބޭހުގެ ލެބޯޓްރީ ޓެސްޓްތަކުން ފެނިފައި ނުވާ ކަމަށެވެ.
ޗިންދްވާރާ ޑިސްޓްރިކްޓް ކަލެކްޓަރު ޝީލަންދްރަ ސިންގް ވިދާޅުވީ މަރުވި ކުދިންގެ ކިޑްނީ ޓިޝޫ އެނަލިސިސް އިން ހެދި ބަޔޮޕްސީގެ ރިޕޯޓުގައި، އެ ބޭހަކީ ޑީއީޖީ އިން ތަޣައްޔަރުވެފައިވާ އެއްޗެއް ކަމަށް ބެލެވިފައިވާ ކަމަށެވެ.
ނަމަވެސް މިކަން އަދިވެސް އިތުރަށް ބޮޑަށް ކަށަވަރުކުރުމުގެ ގޮތުން އެ ބޭހުގެ އިތުރު ބެޗްތަކުން ސާމްޕަލް ނަގައި ޓެސްޓުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
ކުދިން މަރުވި ސަބަބު މިހާތަނަށް ހޯދިފައި ނުވާތީ ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް (އެންސީޑީސީ)، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ)، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް)، އެއިމްސް ނާގްޕޫރު، ސެންޓްރަލް ޑްރަގްސް ސްޓޭންޑާޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) އަދި ސްޓޭޓްތަކުގެ ކަމާ ބެހޭ އިދާރާތަކުގެ ތަޖުރިބާކާރުންގެ ޓީމަކުން އަންނަނީ ތަޣައްރުވެފައިވާ ފެނާއި ބަލިތައް އުފުލާ ވެކްޓާސް އަދި ރެސްޕިރޭޓަރީ ޕެތޮޖަންސް ފަދަ ސަބަބަކަށް ވެސް ވެދާނެ ކަމަށް ބަލައި އެކަމާ ގުޅޭ ދިރާސާތައް ކުރަމުންނެވެ.
އިންޑިއާގައި ކުދިން މަރުވި ބޭހުގައި ނުރައްކާ ކެމިކަލެއް
ކެއްސާތީ ދޭ ބޭހެއް ބުއި ކުދިންތަކެއް މަރުވެ ތަހުގީގެއް
ބޭސްތަކަކާއެކު 2ދިވެހިން ކޮޗިން އެއާޕޯޓުން ހުއްޓުވައިފި
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދިވެހި ކުއްޖަކަށް އިންޑިއާގައި އާ ފަރުވާއެއް
ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ތައިރޮޑްގެ ފޭކް ބޭސްތަކެއް އުޅޭތީ ސަމާލުކަމަށް ގެނެސްފި
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
ޒަރޫރީ ބޭސް ގެނެސްދޭން ފޮރިން މިނިސްޓްރީން އެހީވެއްޖެ