Roadha Mihaaru
މަޖިލީހަށް ހުށަހަޅާ ތާއީދު ލިބޭ ކަންކަމަށް ވޯޓު ނެގޭނެ

މަޖިލީހަށް ހުށަހަޅައިގެން ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އެހޭނެ: މޫސަ

28 މާޗް 2017

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ ތެރެއިން މެމްބަރުން ހުށަހަޅުއްވައި، ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އެހޭނެ ކަމަށާއި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ ތެރެއިން މެމްބަރުން ހުށަހަޅުއްވައި، ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އެހޭނެ ކަމަށާއި މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓަށް އަހާފައި ވަނީ މެމްބަރުންނާ ވަކިވަކިން ސުވާލު ކުރަން ހުށަހަޅައި އެ ގޮތަށް ފާސް ކޮށްގެންނެވެ. މެމްބަރުންނާ ވަކިވަކިން ސުވާލު ކުރުމުގެ ކުރިން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހަޅުއްވައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްގެ ތާއީދު ލިބުނު ހުށަހެޅުން ފާސް ކުރީ ވޯޓިން ސިސްޓަމް ބޭނުން ކޮށްގެންނެވެ.

އެކަމަކު އެގޮތަށް އެ ވޯޓް ކުރިއަށް ގެންދިޔައީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވާފަ އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވަ އެވެ.

މަޖިލީހުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން މޫސަ "މިހާރަ"ށް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. މަޖިލީހުގައި ބަހުސް ކުރަމުން ދާ އިރު، ހުށަހަޅައި ތާއީދު ލިބޭ ކަންކަމަށް ވޯޓަށް އެހުމަކީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވާއިދާ އެއްގޮތަށް ރިޔާސަތުގައި އިންނަވާ ބޭފުޅަކު ވޯޓަށް އަހަން ޖެހޭނެ އެފަދަ ކަމެއް ހުށަހަޅައި ތާއީދު ލިބިއްޖެނަމަ،" މޫސަ ވިދާޅުވި އެވެ.

މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ ތެރޭގައި. މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެމްބަރުން ވޯޓު ދެއްވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ ތެރޭގައި. މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެމްބަރުން ވޯޓު ދެއްވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މޫސަ ވިދާޅުވީ އެ ވޯޓު ނަގައި ނިމުނުއިރު، ވޯޓުގައި އެއްވެސް މައްސަލައެއް އުޅޭކަން މެމްބަރުން ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ވޯޓުގައި މައްސަލައެއް އުޅޭކަން މެމްބަރުން ފާހަގަކުރައްވައިފި ނަމަ، މަޖިލިސް މެދުކަނޑާލައިގެން ނުވަތަ ސިސްޓަމް ރީސެޓްކުރުމަށް ފަހު އަލުން ވޯޓަށް އެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ވޯޓަށް އެހި ފަހުން، އެ ވަގުތުގެ ތެރޭގައި ރިޔާސަތުގެ ސަމާލު ކަމަށް އެކަން ގެނެސްފައި ނެތް، އެއްވެސް މެމްބަރަކު، އެހާ ހިސާބުން މަސީހުގެ ވޯޓަށް ދާން ޖެހުނީ،" މޫސަ ވިދާޅުވި އެވެ.

"ވޯޓު ނަގާ ގަޑީގައި މެމްބަރުން ތިއްބަވަން ޖެހޭނީ ގޮނޑިތަކުގައި، ވޯޓު ލައްވާފައި ސިސްޓަމް މައްސަލައެއް އުޅޭކަން ފާހަގަ ކުރައްވަން ޖެހޭނީ، އެކަމަކު އިދިކޮޅު ބައެއް މެމްބަރުން މަސައްކަތް ކުރެއްވީ ރިޔާސަތަށް އަރައިގަނެ، ވަކި ގޮތަކަށް ކަންކަން ކުރުވަން، ރިޔާސަތަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރެވޭނެ،"

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވި ގޮތުގައި ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އަހަން ފެނޭތޯ، އިލެކްޓްރޯނިކް ސިސްޓަމް ބޭނުންކޮށްގެން ވޯޓަށް އެހުމަކީ ބޮޑު ޖޯކެކެވެ. އެއީ މައްސަލަ ޖެހިފައި ހުރި ސިސްޓަމެއް ބޭނުންކޮށްގެން ނަގާ ވޯޓާ މެދު މެމްބަރުންގެ މެދުގައި އިތުބާރު ނެތީމަ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

މީގެ އިތުރުން ސިސްޓަމުން ނެގި ވޯޓުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރީކޯ މޫސަ އާއި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވޯޓުލެއްވި ކަމަށް ދެއްކުމަކީ ވޯޓު ބާތިލް ކުރަން ޖެހޭނެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި ވޯޓު ނުދެއްވޭނެ ދެ ބޭފުޅުން ވޯޓުލި ކަމަށް ދެއްކުމުން، އަލުން ވޯޓަށް އަހަން ޖެހޭނީ، އެ ހާލަތުގައި އެއީ ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވި ގޮތުގައި މީގެ ކުރިން ބޭއްވި ޖަލްސާތަކުގައި ސިސްޓަމަށް މައްސަލައެއް ޖެހިގެން އުޅޭނަމަ، ރިޔާސަތުން އެކަން ފާހަގަކޮށް، މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައި ވެސް އެބަހުއްޓެވެ. އަދި ބައެއް ފަހަރު މުޅި ސިސްޓަމް ރީސެޓްކޮށްގެން މަޖިލިސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދާ އެއްގޮތަކަށް ނޫން ވޯޓަށް އެހީކީ، ރޯ ކޯލް ވޯޓަކަށް ދެވޭނީ، ސިސްޓަމުން ނަގާ ވޯޓަކާ މެދު މައްސަލައެއް އުޅެގެން، އެކަން މެމްބަރުން ފާހަގަކޮށްފިނަމަ،" އިންތި ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އިއްޔެގެ ވޯޓަކީ މަޖިލީހުގެ އުސޫލުތަކާ ހިލާފަށް ނެގި ވޯޓެކެވެ. އެހެންވެ، މިއީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ލިބުނު ނާކާމިޔާބީއެއް ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރާއިރު، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ސިސްޓަމް ބޭނުންކޮށްގެން ނުނެގީ ބަލިވާނެ ކަން އެނގޭތީ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެ އެވެ.

"މިއީ ސަރުކާރަށް ލިބުނު ބޮޑު ނާކާޔާބީއެއް، ބަލިވާނެ ކަން ޔަގީންވާތީ ހެދި ގޮތެއް،" އިންތި ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރޯލް ކޯލް ވޯޓު ނަގާނީ، މެޝިނުން ވޯޓު ނަގާއިރު، ކަނޑައެޅިގެން ފާޅުގައި އެނގެން އޮތް މައްސަލައެއް ދިމާވެގެން، އެ ވޯޓާ މެދު އިތުރު ސުވާލެއް ކޮށްފި ނަމަ އެވެ. އެފަދަ ހާލަތުގައި ދެން ވޯޓު ނަގާނީ، ކޮންމެ މެމްބަރަކާ ވަކިވަކިން ސުވާލުކޮށް، އެ މެމްބަރަކު ވޯޓު ދޭން ބޭނުންވާ ގޮތެއް އޮޅުންފިލުވައިގެންނެވެ.

ސަރުކާރުުގެ ކޮންޓްރޯލް އޮތް މަޖިލިހުން މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން ފެނޭތޯ ވޯޓަށް އެހީ ނަން އިއްވި 13 މެމްބަރަކު، ސިފައިންގެ އެހީތެރިކަމާއެކު މާލަމުން ނެރުމަށް ފަހު އެވެ. އަދި އިދިކޮޅު 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރި އެވެ. އެހެންކަމުން ވޯޓުގައި ބައިވެރިވީ ހަމައެކަނި ޕީޕީީއެމް/އެމްޑީއޭގެ ކޯލިޝަންގެ 48 މެމްބަރުން އެކަންޏެވެ.