ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަނަށް މި އަހަރުގެ ފިލްމުފެއާ އިން ލިބުނު އެވޯޑް އޭނާގެ އަންހެން އަދި ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އެ ދެމަފިރިންގެ ދަރިފުޅު އަރަދުޔާ ބައްޗަންއަށް ހާއްސަކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަނަށް މި އަހަރުގެ ފިލްމުފެއާ އިން ލިބުނު އެވޯޑް އޭނާގެ އަންހެން އަދި ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އެ ދެމަފިރިންގެ ދަރިފުޅު އަރަދުޔާ ބައްޗަންއަށް ހާއްސަކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އަހަރުގެ ފިލްމުފެއާ އެވޯޑުގައި އަބީޝެކަށް ވަނީ އޭނާ މިދިޔަ އަހަރު ކުޅުނު ފިލްމު "އައި ވޯންޓް ޓު ޓޯކް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފަ އެވެ.
އެ ހަފުލާގައި އެވޯޑާ ހަލާވުމަށް ފަހު އަބީޝެކް ބުނީ އޭނާއަށް އެ ކާމިޔާބީގެ ފަހަތުގައި ތިބީ އައިޝްވާރިޔާ އާއި އަރަދުޔާ ކަމަށެވެ.
"އައިޝްވާރިޔާ އާއި އަރަދުޔާއަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އަހަންނަށް އަހަރެންގެ ހުވަފެން ހާސިލްކޮށްދިނީތީ. މި އެވޯޑް ހާސިލްކުރެވުމުން އުއްމީދުކުރަނީ އެ ދެމައިން ވީ ގުރުބާނީ ފެނިއްޖެ ކަމަށް،" އަބީޝެކް ބުންޏެވެ.
އަބީޝެކް ވަނީ އޭނާގެ ބައްޕަ އަމީތާބު ބައްޗަން އާއި މަންމަ ޖަޔާ ބައްޗަން އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި އެ އެވޯޑާ ހަވާލުވާން ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށް ވެސް ބުނެފަ އެވެ.
ނަމަވެސް، އައިޝްވާރިޔާ އާއި އަރަދުޔާ ފިލްމްފެއާ އެވޯޑް ހަފުލާއަށް ނުދެ އެވެ.
އެ ހަފުލާގައި ތިބީ އަބީޝެކްގެ މަންމަ ޖަޔާގެ އިތުރުން އޭނާގެ ދައްތަ ޝްވެތާ ބައްޗަން ނަންދާ އަދި ޝްވެތާގެ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އެވެ.
އައިޝްވާރިޔާ އާއި އަބީޝެކް ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް މިދިޔަ އަހަރު ވަރަށް ގަދަވި އެވެ. އެކަމަކު، ފަހުން އަބީޝެކް ވަނީ އެ ދެމަފިރިންގެ ގުޅުން ރަނގަޅު ކަމަށް ބުނެފަ އެވެ.
އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނި ކުރީ އެޕްރީލް 20، 2007 ގަ އެވެ. އެމީހުންގެ ހުންނަ ހަމައެކަނި ދަރިފުޅު އަރަދުޔާ ލިބުނީ ނޮވެމްބަރު 16، 2011 ގަ އެވެ.
އައިޝްވަރިޔާގެ ފަހަތުން އަބީޝެކް ވެސް ހައި ކޯޓަށް
އަރަދުޔާގެ މައްސަލަ ހައި ކޯޓަށް
އަބީޝޭކްގެ އުފަންދުވަހަށް އައިޝްވާރިޔާގެ ލޯބި ޕޯސްޓެއް
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟
ޕެނަމާ ޕޭޕާސްއާ ގުޅިގެން އައިޝްވާރިއާ ސުވާލުކޮށްފި
އައިޝްވާރިއާ އަށް "ދަ ލެޓާ"
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ރާއްޖޭގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް