ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުން ދާއިމީ ގޮތެއްގައި ދެމެހެއްޓުމާ ބެހޭ ގޮތުން ބާއްވާ ސުލްހައިގެ ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް އީރާނުން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުން ދާއިމީ ގޮތެއްގައި ދެމެހެއްޓުމާ ބެހޭ ގޮތުން ބާއްވާ ސުލްހައިގެ ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް އީރާނުން ބުނެފި އެވެ.
މިސްރުގެ ޝަރުމުއްޝައިހްގައި މިއަދު ފަށާ ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ދީފައި ވިޔަސް ފޮރިން މިނިސްޓަރު އައްބާސް އަރަޣާޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް އަދި ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ސަމިޓުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
"ރައީސް ޕެޒެޝްކިއަން އަދި އަޅުގަނޑަށް ވެސް، އީރާން ރައްޔިތުންނަށް ހަމަލާ ދިން އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރު ދައްކާ ބަޔަކާ މުއާމަލާތްކުރެވޭކަށް ނެތް،" އެމެރިކާއަށް އިޝާރާތްކޮށް އަރަޣާޗީ ލިޔުއްވާފައިވެ އެވެ.
އިޒްރޭލުން އީރާނާ ދެކޮޅަށް 12 ދުވަސް ވަންދެން ދިން ހަމަލާތަކުގައި ވަކި ހިސާބަކުން އެމެރިކާ ވެސް ބައިވެރިވެފައިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަަމަލާދީފައިވެ އެވެ.
އެކަމަކު ފޮރިން މިނިސްޓަރު ވިދާޅުވީ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވަން ކުރާ ކޮންމެ ކަމަކަށް އީރާނުން ތާއީދުކުރާ ކަމަށެވެ.
އީރާނުން އިޒްރޭލު ބަލައެއް ނުގަނެ އެވެ. އަދި 1979 ވަނަ އަހަރު އީރާނުގެ ޝާހުގެ ވެރިކަން ވައްޓާލި އިސްލާމިކް އިންގިލާބަށް ފަހު ފަލަސްތީނުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ބައެއްގެ ގޮތުގައި ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުން ކަނޑައަޅާފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އިސްވެ ބާއްވަވާ ސުލްހައިގެ ސަމިޓަކީ ހަނގުރާމަ ހުއްޓާލުމަށް ފަހު ޣައްޒާގެ ކަންކަން ހަމަޖައްސައި އަލުން އާރާސްތުކުރުމާ ބެހޭ ސަމިޓެކެވެ.
މި ސަމިޓުގައި ވިއްސަކަށް ގައުމަކުން ބައިވެރިވާއިރު އީރާންގެ އިތުރުން އިޒްރޭލާއި ހަމާސް ވެސް ބައިވެރިއެއް ނުވެ އެވެ. -- އޭއެފްޕީ
އީރާނަށް ހަމަލާދެމުން ޣައްޒާގައި 870 މީހުން ޝަހީދު
"ޣައްޒާއިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްފި"
ހަތަރު ސިފައިންގެ މަރަށް ފަހު އީރާނުން އިންޒާރެއް
އިޒްރޭލުގެ ހަމަލާތައް އީރާންގެ މިސައިލް ސައިޓްތަކަށް
އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައިފި
އީރާނުން އިޒްރޭލަށް މިސައިލްތަކެއް ފޮނުވާލައިފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް