28 މާޗް 2017
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން މިއަދު ވަކިކޮށްފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން މިއަދު ވަކިކޮށްފި އެވެ.
އޭނާ ޕާޓީން ވަކިކުރީ، ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެގި ވިޕްލައިންތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައިވާ ކަމަށާއި ސަރުކާރަށް ފާޑުވިދާޅުވެ ބަދުނާމުކުރުމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން ވޯޓު ދެއްވަން ނިންމެވި ކަމަށް ބުނެ އެވެ.
ސުލޫކީ ކޮމެޓީގެ ފަސް މެމްބަރުންގެ އިއްތިފާގުން އަމީތު ވަކިކުރީ، އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު ކަމަށް ކޮމެޓީން ބުނި ނަމަވެސް އެކަން އަމީތު ދޮގުކުރައްވަ އެވެ.
އަމީތު ވިދާޅުވީ ސުލޫކީ ކޮމެޓީއަށް ހާޒިރުވާން އެންގުމުން، ގާނޫނީ ވަކީލް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާ އެކު ވަޑައިގެން އެ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތު އޮޅުން ފިލުވައިދިނުމުން ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށެވެ. އަމީތު ވިދާޅުވި ގޮތުގައި އެ ސުވާލާ ހެދި ކޮމެޓީ ކުރިއަށް ނުގެންދެވިގެން ހުއްޓާލީ އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑާ ދެކޮޅަށް ބަލަމުންދާ މައްސަލާގައި ޖަވާބުދާރީ ވާން ބޭނުމޭ، އެކަމަކު ކޮމެޓީގެ ގާނޫނީ ހައިސިއްޔަތު ފުރަތަމަ އޮޅުންފިލުވައިދޭށޭ،" އަމީތު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ހިންގުމާ ގުޅޭގޮތުން ސިވިލް ކޯޓުން ހުކުމެއް ކުރުމުގެ މާ ކުރިން، އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ، އިންސާފުން ބޭރުގައި ކަންކަން ނިންމާތީ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ، އަމީތުގެ މައްސަލަ ކުރިއަށް ގެންދެވޭނީ ސަސްޕެންޝަން އުވާލި ކަމުގެ ރަސްމީ ލިއުމެއް ލިބުމުން ކަމަށް ދެންނެވި ކަމަށް ވަހީދު ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއެމްގެ ކަންކަން ހިންގަމުން އަންނަ ކަމަށް ސުލޫކީ ކޮމެޓީގެ މެމްބަރުން ވިދާޅުވުމުން، އެ ހުކުމްގައި މުސްތަޝާރާ ޕާޓީ ހިންގުން ހަވާލުކުރަން އޮތްތޯ ސުވާލު އުފެއްދި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ސުލޫކީ ކޮމެޓީގެ މުގައްގަރިރު، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަމީތާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުކުރުމުން "މައްސަލައާ ގުޅުން ނެތް ގިނަ ވާހަކަތަކެއް ކޮމެޓީގައި ދައްކަވާފައިވާ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުލޫކީ ކޮމެޓީ އަކީ ޕާޓީގެ ކޮންގްރެސް އިން އެކުލަވާލާފައި އޮތް ކޮމެޓީއަކަށް ވާތީ، ގާނޫނީ ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތެވެ. ސުލޫކީ ކޮމެޓީ އަދި ޕީޕީއެމް ހިނގަމުން އަންނަނީ ވެސް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަމީތު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ބިދޭސީންނަށް ބިލް މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ދެކޮޅަށް ވެސް އަމީތު ވަނީ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. އެ އިސްލާހު ފާސްކުރުމަށް 2015 ގައި ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި އަމީތު ވިދާޅުވެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށެވެ.
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
ވަކިކުރި މައްސަލަ ބާތިލްކުރަން ހުށަހަޅާނަން: އަމީތު
ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި: މެމްބަރުން
އަމީތުގެ އިލްތިމާސް ޕީޕީއެމްގެ މެމްބަރުންނަށް
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
މަޖިލީހުގެ ހައްގުތައް އެދަނީ އެއްލައިލަމުން: ސިނާން
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
މެމްބަރު ސައުދުﷲ ވެސް ޕީޕީއެމުން ވަކިވެއްޖެ