29 މާޗް 2017
ޕީޕީއެމުން ވަކިކުރި މައްސަލަ ބާތިލްކުރަން ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ވަކިކުރި މައްސަލަ ބާތިލްކުރަން ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އަމީތުގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅައި އޭނާ ވަކިކުރީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގަތުމާއި ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވާހަކަ ދައްކަވާ ކަމަށް ބުނެ އެވެ.
އަމީތު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ޕާޓީން ވަކިކޮށްފައި ވަނީ ސުލޫކީ ކޮމެޓީެގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދުމުން ކޮމެޓީ ކުރިއަށް ނުގެންދެވި، އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމުން ވަކިކުރަން ދައްކާފައި ހުރި ހުއްޖަތުތަކުގައި އެއްވެސް އަސްލެއް ނެތެވެ. ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި ކުރު މުއްދަތުގެ ތެރޭގައި، އަމިއްލަ އަށް ގަބޫލުނުކުރެއްވޭ އެތައް ކަމެއްގައި ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އެކި މައްސަލަތަކުގައި ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވުން އާއްމުކަމަށްވެފައިވާއިރު، މެމްބަރުން ވިޕްލައިނާ ހިލާފުވާ ކޮންމެ ފަހަރަކު ފިޔަވަޅު ނާޅާ ކަމަށެވެ.
"އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް ލިބެން ޖެހޭ އެއްޗެއް ނޫނެވެ. ވިޕްލައިނާ ހިލާފަށް އަމަލުކޮށްފައިވާ މެމްބަރުން މިއަދު ވެސް ޕާޓީގައި އެބަތިއްބެވި އެވެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިން އަންނަނީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވައިގެން ހުންނެވި ހުވައިގެ ފަހުންނެވެ. އަދި ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ ވެސް ފަހުން ކަމަށް ވިދާޅުވި އެވެ.
"އެ ތަރުތީބަށް އަމަލުކުރަން މަޖުބޫރުވީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތައް ނިންމުމުގައި ފަހަކަށް އައިސް އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުންނެވެ،" އަމީތު ވިދާޅުވި އެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތައް ބައްޓަންވާނެ ޖެހޭނީ އަމީތު ވިދާޅުވި ގޮތުގައި ޕާޓީގެ ވިސްނުމާއި ފިކުރަށެވެ. ގައުމުގެ ކަންކަން ގޮސްފައިވާ ހާލަތުން، ގައުމުގެ ކަންކަމާ މެދު ވިސްނާ ފިކުރު ކުރުމަކީ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އަށް ލާޒިމް ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަހަންޖެހޭ އަޑަކީ އެންމެ އަޑެއް ނޫނެވެ. ގައުމުގައި ތިބި ހަރުމީހުންނާއި ސިޔާސީ މީހުންނާއި އެކި ފިކުރުކުރުމުގެ އަޑު ވެސް އަހަން ޖެހެ އެވެ،" ބަޔާނުގައި އަމީތު ވިދާޅުވި އެވެ.
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
މެންބަރު އަމީތު ޕީޕީއެމުން ވަކިކޮށްފި
ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި: މެމްބަރުން
އަމީތުގެ އިލްތިމާސް ޕީޕީއެމްގެ މެމްބަރުންނަށް
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
މަޖިލީހުގެ ހައްގުތައް އެދަނީ އެއްލައިލަމުން: ސިނާން
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
މެމްބަރު ސައުދުﷲ ވެސް ޕީޕީއެމުން ވަކިވެއްޖެ