10 ޖުލައި 2017
ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް، ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.
ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް، ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ސައުދުﷲ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުން. އެއްވެސް ސިޔާސީ ޕާޓީއެއްގައި އޭނާ ހުންނެވުމަށް ފެނިވަޑައިނުގަންނަވާތީީ އަދި ދާއިރާގެ ގިނަ ބަޔަކު ވެސް އެގޮތަށް އެދޭތީ، ޕީޕީއެމުން ވަކިވީ ކަމަށެވެ.
ސައުދުﷲ ޕީޕީއެމުން ވަކިވިއިރު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަދި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ ގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަބްދުﷲ ސިނާން ވެސް މިއަދު ވަނީ އެ ޕާޓީން ވަކިވެފަ އެވެ. މީގެ ކުރިން ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.
ސައުދުﷲ ޕީޕީއެމުން ވަކިވުމާ އެކު އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 39 އަށް ވަނީ ވެއްޓިފަ އެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 44 އެވެ.
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ޕީޕީއެމް 10 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ: ވަކީލުން
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
މެމްބަރު ސިނާން ވެސް ޕީޕީއެމުން ވަކިވެއްޖެ
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން
ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ނަޝީދުގެ ޝުކުރު