ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވަން ހިންގި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ޕްރޮޖެކްޓް" ހަވާލުކުރި ސްރީ ލަންކާގެ ކުންފުނިން މަސައްކަތް ފުރިހަމަނުކޮށް އޮތުމުން ކުރި ދައުވާ، ސިވިލް ކޯޓުން ބޭރުކޮށްލި އިރު ވަކީލުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
16 އޮކްޓޯބަރ 2025
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވަން ހިންގި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ޕްރޮޖެކްޓް" ހަވާލުކުރި ސްރީ ލަންކާގެ ކުންފުނިން މަސައްކަތް ފުރިހަމަނުކޮށް އޮތުމުން ކުރި ދައުވާ، ސިވިލް ކޯޓުން ބޭރުކޮށްލި އިރު ވަކީލުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސިވިލްކޯޓުން އެ މައްސަލަ ބޭރުކޮށްލި ހުކުމުގައި އޮތީ ދައުވާ ފޯމުގައި ދީފައިވާ ނަމްބަރާއި ދައުވާ ފޯމުގައި ހިމަނާފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް، ތާންތުރީ ޓްރެއިލާސް އަށް ލިޔެކިޔުންތައް ރައްދުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ޑެލިވާ ނުވެ ފެއިލްވެފައިވާ ކަމަށާއި އެހެންވެ އެ ފަރާތުގެ މިހާރުގެ ނަމްބަރު ހިއްސާކުރުމަށް ޕީއެސްއެމަށް 2023ގެ ޑިސެމްބަރުގައި އެންގި ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ އެއީ ވުޖޫދުގައި އޮތް ކުންފުންޏެއް ކަން ކަށަވަރުނުވާ ކަމަށް ވެސް އެ ހުކުމުގައި ވެ އެވެ.
ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށީގައި އެ ކުންފުނިން ގާއިމްކުރާ އެންޓަނާ ފީލްޑް ގާއިމްކުރަން ހަވާލުކުރި ތާންތުރީ ޓްރެއިލާސް ޕްރައިވެޓް ލިމިޓެޑަކީ ސްރީ ލަންކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މަސައްކަތުގެ ބާކީ ބައި ނިންމަން އަމުރުކުރުމަށް ނުވަތަ އެ މަސައްކަތް ފުރިހަމަކުރަން ހިނގާނެ ކަމަށް އަންދާޒާކުރެވޭ ހަރަދު ހޯދައިދޭން އެދި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"... މި މައްސަލައިގައި މި ކުންފުނިން ވަކާލާތުކުރުމުގައި އަމަލުކޮށްފައިވާ ގޮތް މިދަނީ ބަލަމުންނެވެ،" ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.
ސިވިލްކޯޓުގެ ހުކުމާ ގުޅިގެން އަޅަން ޖެހޭ އިތުރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޕީއެސްއެމްގެ މަސައްކަތެއް ހަވާލުކުރި ކުންފުނި ގެއްލިއްޖެ
އެމްއެންބީސީން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ
ޕީއެސްއެމްގެ ސޮފްޓްވެއާގެ ފައިސާ ދައްކަން އަމުރުކޮށްފި
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
ޕީއެސްއެމްއަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް
ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ކޯޓުން ހުއްޓުވައިފި
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
މީޑިއާ ނެޓަށް 9 މިލިއަން ދޭން ޕީއެސްއެމްއަށް ޖެހިއްޖެ
ޕީއެސްއެމުން 4މިލިއަން ދޭން ކުރި ހުކުމް އިސްތިއުނާފަށް