މަގު ހަދަން އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދުން ބައެއް ހިއްކަން އުޅޭތީ އެކަމާ ދެކޮޅަށް އިއްޔެ އަޑުއުފުލައިފި އެވެ.
23 އޮކްޓޯބަރ 2025
މަގު ހަދަން އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދުން ބައެއް ހިއްކަން އުޅޭތީ އެކަމާ ދެކޮޅަށް އިއްޔެ އަޑުއުފުލައިފި އެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އައްޑޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮޖެކްޓް ތިމާވެށި" އިން، އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިއްޔެ އެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖުގައި 30 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި އެވެ. އެ އެއްވުމުގެ ބައިވެރިން ޝުއޫރު ފާޅުކުރީ އެ ސަރަހައްދުގެ މޫދުގައި ޕެޑެލް ކުރަމުންނެވެ.
އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ޒުވާނުން ބޭއްވި އިހުތިޖާޖު.-- ފޮޓޯ: އިއުޖާޒް އަލީ | ސަދަން އެމްވީ
ސަރުކާރުން އެ ސަރަހައްދު ހިއްކަން އުޅެނީ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.
"ޕްރޮޖެކްޓް ތިމާވެށި" އިން ބުނީ އެ ސަރަހައްދުގެ ހޭޅިފަށުގައި މިހާރު ގިނަ އަދަދެއްގެ ރަނޑޫ ގަސްތައް ހެދިފައި އެބަހުރި ކަމަށާއި އެ ސަރަހައްދު ހިއްކުމުން އެ ގަސްތައް ނެތިގެންދާނެ ކަމަށެވެ. މިއީ އަނެއްކާވެސް އައްޑޫގެ ގުދުރަތީ ވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ރަނޑޫ ގަސްތަކުގެ ތެރޭގައި ކުޑަ ކުޅިއެއް ވެސް ހެދިފައި އޮވެ އެވެ.
ކަނޑުލާއި ރަނޑުލަކީ ރަށްރަށުގެ ހޭޅިފަށް ހިމާޔަތްކޮށްދީ، ރަށު ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން ވެސް ކުޑަކޮށްދޭ ގުދުރަތީ ނިޒާމެކެވެ.
"މި ކަހަލަ ފުރިހަމަ ގުދުރަތީ މާހައުލުތަކުން އަހަރެމެންނަށް ގެނެސްދޭ ހިތްހަމަޖެހުމަކީ ފައިސާއިން އަގު ނުކުރެވޭނެ ވަރުގެ އަގުހުރި ތަރިކައެއް. މިއީ ނެތިގެންދިއުމުން އަނބުރާ ލިބޭނެ އެއްޗެއްސެއް ނޫން،" އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރުތަކުގައި ވެސް އައްޑޫން 260 ހެކްޓަރުގެ ބިން ހިއްކުމުގެ ސަބަބުން އައްޑޫގެ ވެށި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އައްޑޫގެ ޒުވާނުންނާއި އާންމުންގެ ހިޔާލައި މަޝްވަރާއެއް ނެތި މިފަދަ ޕްރޮޖެކްޓުތައް ހިންގާތީ ވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރި އެވެ.
"ޕްރޮޖެކްޓް ތިމާވެށި" އިން ވަނީ ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކޮށް، އޭގައި ސޮއިކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
އައްޑޫ ލިންކް ރޯޑާއި ހައިވޭ އަލުން ހަދަން ފަށައިފި
އައްޑޫ "މަރުގެ މަގު" މިހާރު އަދި މާ ނުރައްކާ!
އައްޑޫ ލިންކް ރޯޑު އަލުން ހެދުމުގެ ބޮޑު މަޝްރޫއެއް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"