މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދަން ނިންމައި، ވޯކިން އިންޓަވިއު ބާއްވަން ތައްޔާރުވެއްޖެ އެވެ.
26 އޮކްޓޯބަރ 2025
މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދަން ނިންމައި، ވޯކިން އިންޓަވިއު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިމިގްރޭޝަނުން ބުނީ މިފަހަރުގެ ވޯކިން އިންޓަވިއު އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. ހުޅުމާލެ ސަލާހުއްދީން ސްކޫލްގައި އެ ދުވަހު ހެނދުނު 8:30 އިން ހަވީރު 4:30 އަށް އިންޓަވިއު ކުރިއަށްދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުން.
- އުމުރުން 40 ފުރިފައި ނުވާ މީހެއް ކަމުގައިވުން.
- އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްކުރުން.
- ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރުން.
- ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުން ވިސާ ސެކްޝަންގެ މަސައްކަތްކުރުން.
- އޮފީހަށް ދިމާވާ ހާއްސަ ހާލަތާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
މުސާރައިގެ ގޮތުގައި ލިބޭނީ މަހަކު 6500ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 1500ރ. ވެސް ދޭނެ އެވެ. ހަ މަހުގެ ޓްރެއިނިން ފުރިހަމަކޮށް ނިމުމުން މުސާރައިގެން 35 ޕަސެންޓް، ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި ދޭނެ އެވެ.
މިއީ އިމިގްރޭޝަނުން ބާއްވާ މިފަދަ ދެވަނަ ވޯކިން އިންޓަވިއު އެވެ. މިދިޔަ މޭ މަހު އިމިގްރޭޝަނުން ބޭއްވި ވޯލްކިން އިންޓަވިއުއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ޖުމްލަ 50 މުވައްޒަފުން ހޯދަން އިއުލާން ކުރި ވޯކިން އިންޓަވިއުއެއަށް 900 އަށްވުރެ ގިނަ މީހުންދިޔައިރު، ޝަރުތު ހަަމަވީ 758 މީހެކެވެ. އިމްތިހާނު ހެދީ 549 މީހުންގެ ތެރެއިން 50 މީހުންގެ އިތުރުން 70 މީހުން އޭރު ނެގި އެވެ.
ވީޑިއޯ ފުލުހަށް ދޭން އެދުނީ ޒިންމާގެ ދަށުން: އިހުސާން
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
ޝަމްއާން، ގަވާއިދާހިލާފު ނުވާން އަންގަވާ: ހެކި
އިމިގްރޭޝަންގެ އަލްސަންގެ މައްޗަށް ދެ މަހުގެ ހުކުމެއް
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ޝަމްއާނަށް ކުރާ ދައުވާތަކަކީ ސިޔާސީ ފިލްމެއް: ވަކީލް
ހުރިހާ އަތޮޅަކުން އައިޑީ/ޕާސްޕޯޓްގެ ވައުދު ފުއްދައިފި
އެރައިވަލް ކާޑު އޮންލައިންކޮށް ފުރޭ ގޮތް ހަދައިފި
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް