20 އޮކްޓޯބަރ 2019
މިއީ ރާއްޖޭގައި އާންމުކޮށް ދައްކަން ޖެހޭ ވާހަކައެކެވެ. ލަދުވެތި ވާހަކައަކަށް ހަދައި ނުދައްކާ ތިބެވޭ ވަރަށް ވުރެ ނުރައްކާ ބޮޑެވެ. ރާއްޖޭގައި އުރަމަތީ ކެންސަރު ދަނީ އިތުރުވަމުންނެވެ. މިއީ އުރަމަތީ ކެންސަރަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ހޭލުންތެރި ކުރާ މަހެވެ. އެ މަސައްކަތް އެކި ގައުމުތަކުގައި ކުރަމުން އަންނައިރު ރާއްޖޭގައި ވެސް އޭގެ އަޑު ގަދަކުރަން ޖެހެ އެވެ.
މިއީ ރާއްޖޭގައި އާންމުކޮށް ދައްކަން ޖެހޭ ވާހަކައެކެވެ. ލަދުވެތި ވާހަކައަކަށް ހަދައި ނުދައްކާ ތިބެވޭ ވަރަށް ވުރެ ނުރައްކާ ބޮޑެވެ. ރާއްޖޭގައި އުރަމަތީ ކެންސަރު ދަނީ އިތުރުވަމުންނެވެ. މިއީ އުރަމަތީ ކެންސަރަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ހޭލުންތެރި ކުރާ މަހެވެ. އެ މަސައްކަތް އެކި ގައުމުތަކުގައި ކުރަމުން އަންނައިރު ރާއްޖޭގައި ވެސް އޭގެ އަޑު ގަދަކުރަން ޖެހެ އެވެ.
ގްލޯބަލް ކެންސަރު އޮބްޒަވޭޓާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު 421 ދިވެއްސަކަށް ކެންސަރު ޖެހުނެވެ. ދިވެހި ފިރިހެނުންގެ ތެރޭގައި އެންމެ އާންމީ ފުއްޕާމޭގެ ކެންސަރެވެ. ކެންސަރު ޖެހުނު އަންހެނުންގެ ތެރެއިން އެންމެ އާންމީ އުރަމަތީ ކެންސަރެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ 73 އަންހެނަކަށް އުރަމަތީ ކެންސަރު ޖެހިފައިވެ އެވެ. އެއީ ކެންސަރު ޖެހުނު ދިވެހީންގެ ތެރެއިން 34.6 ޕަސެންޓެވެ.
އެ ކެންސަރު ކިތަންމެ އާންމު ނަމަވެސް ދިވެހިންގެ މެދުގައި އެހާ ގިނައީ ސީދާ ކީއްވެގެންކަން ބުނެދެވޭވަރުގެ ދިރާސާތަކެއް ހަދާފައެއް ނެތެވެ. ކެންސަރަކީ އާއިލީ ގޮތުން ވެސް ވާރުތަ ކުރާ ބައްޔެކެވެ. އަދި ބަރުދަން އިތުރުވުން ފަދަ ސިއްހީ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް އެ ކެންސަރު ޖެހެ އެވެ. އެންމެ ރަނގަޅު ގޮތަކީ ސިއްހީ ރަނގަޅު އާދަތަކަށް އަމަލުކުރުމާއި ގަވައިދުން ސްކްރީންކޮށް ބެލުމެވެ.
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ވެސް އުރަމަތީ ކެންސަރަށް ޓެސްޓް ކުރެވެ އެވެ. އެކްސްރޭ އާއި މެމޯގްރާމް ހަދައިގެންނެވެ. ޑޮކްޓަރުންގެ އެއްވެސް ލިއުމެއް ނެތަސް އައިޖީއެމްއެޗްގައި ކޮންމެ އަންގާރަ ދުވަހަކު އުރަމަތީ ކެންސަރަށް ޓެސްޓް ކުރެވެ އެވެ.
އައިޖީއެމްއެޗުން މެމޮގްރާމް ހަދަނީ: އެންމެ ފަހުގެ ޓެސްޓްތައް އެ ހޮސްޕިޓަލުން ހެދޭ-- ފޮޓޯ: އައިޖީއެމްއެޗް
މެމޮގްރަފީ ހަދާ ފުރިހަމަ މެޝިނެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ވަރަށް ފަހުން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. މިއީ އެންމެ މަތީ ފެންވަރުގެ އާލާތެކެވެ.
އުރަމަތީ ކެންސަރުގެ އަލާމާތްތައް ފެންނަނީ ބަލީގެ ވަރަށް ފަހުކޮޅަށް ދިޔުމުންނެވެ. އެހެންވެ، ބަލި ޖެހިފައިވާކަން ގިނަ މީހުންނަކަށް ނޭނގެ އެވެ. ރިއްސުން ފަދަ ކަންކަން ދިމާވާއިރު އޮންނަނީ މާ ބޮޑަށް ފަސްވެފަ އެވެ. އެނގޭއިރު ހުންނަނީ ބޮޑުވަރުވެ ފުރާނައަށް މާ ބޮޑަށް ނުރައްކާވެފަ އެވެ. އެހެންވެ އެ ބަލީގެ ސަބަބުން އެތައް ދިވެހިންނެއް ވަނީ މަރުވެފަ އެވެ.
ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އުރަމަތީ ކެންސަރު ޖެހިފައިވާކަން ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަސޭހަ ކުރެވޭނެ އެވެ. އެހެންވެ، ބަލި ޖެހިފައިވާކަން ވީހާވެސް އަވަހަކަށް ދެނެގަތުމަށް މެމޮގްރަފީ ހެދުން ފަދަ ހިދުމަތްތައް ހޯދުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އުރަމަތީގެ ކެންސަރ އަކީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރް އެވެ. (ގްލޯބޯ ކެން 18)
— M. S H I F N® ⚕ (@dr_shifan) September 30, 2019
މިބައްޔަކީ ބަލީގެކުރީކޮޅު ދެނެގަނެވިއްޖެނަމަ އެއްކޮށް ފަސޭހަކުރެވޭ ބައްޔެކެވެ.
ވީހިންދު މިފަދަ ފުރުސަތެއްގެ ބޭނުން ހިއްޕެވުމަކީ މިބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ. pic.twitter.com/JDbLIimoBp
ރާއްޖޭގައި ހުންނެވި ހަމައެކަނި ކެންސަރު ސާޖަން ޑރ. ޝިފާން ކުރެއްވި ޓްވީޓް--
"ސްކްރީން ކުރުމުން މެމޮގްރާމްތަކުން ކެންސަރު އޭގެ ކުރީ ކޮޅުގައި ދެނެގަނެވޭނެ. އެހެންވީމާ ކެންސަރުގެ ސަބަބުން މަރުވުމުގެ ނުރައްކާ ކުޑަކުރެވޭނެ. އަދި އުނދަގޫ އޮޕަރޭޝަންތައް ނުކޮށް ފަރުޖެއްސޭނެ. އަވަހަށް ފަރުވާ ހޯދުމަކީ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއް،" އައިޖީއެމްއެޗްގެ ރޭޑިއޮލިޖީ ޑިޕާޓްމަންޓްގެ ހެޑް، ޑރ. އައިމިނަތު ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 40 އަހަރުން މަތީ އަންހެނުން ކޮންމެ އަހަރަކު އެއް ފަހަރު އުރަމަތީ ކެންސަރަށް ޓެސްޓް ކުރުން މުހިންމެވެ. އަދި މިހާރު ޒުވާން އުމުރުގައި ވެސް އަންހެނުންނަށް އެ ބަލި ޖެހޭތީ ކުރިއާލާ ޓެސްޓް ކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އާއިލާ މީހަކަށް އުރަމަތީ ކެންސަރު ޖެހިފައިވާ ނަމަ އުމުރުން 40 އަހަރަށް ވުރެ ހަގު އަންހެނުން ވެސް ގަވައިދުން ސްކްރީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކޮޅުން ޓެސްޓް ކުރާއިރު އަޅުގަނޑުމެންނަށް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެ،" ޑރ. އައިމިނަތު ވިދާޅުވި އެވެ.
ގަވައިދުން އެ ސްކްރީން ހެދުމަށް ދިގު ކިޔޫއެއްގައި ތިބޭކަށް ނުޖެހެ އެވެ. ޝެޑިއުލްއެއްގެ ތެރެއިން އަހަރަކު އެއް ފަހަރު ޓެސްޓްތައް ހެދެ އެވެ. އެހެންކަމުން ނުރައްކާތެރި ބައްޔަކުން ސަލާމަތްވާން މި ބޭނުންވަނީ ވަރަށް ކުޑަ ކަމެއް، އަހަރަކު އެއްފަހަރު ގަވާއިދުން ކޮށްލާށެވެ.
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
ޓީވީ ތަރި، ޗަވީ އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން
ކެންސަރުގެ އޮޕަރޭޝަނަށް ރޮބޮޓިކް އާލާތް ކަމަކު ނުދޭ
ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު: އެޗްޕީއޭ
މެމޮގްރަފީ ހަދާނެތޯ ނިންމާއިރު ބަލިމީހާ އެދޭގޮތް ބަލަނީ
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ
ބޭކަން، ސޮސެޖް ފަދަ ތަކެތިން އުރަމަތީ ކެންސަރުގެ ބިރު