Roadha Mihaaru
ޕީއެންސީގައި 40،000 މެމްބަރުން އެބަ ތިބި:އަދުރޭ

ޕީއެންސީގައި މިހާރު 40،000 މެމްބަރުން އެބަ ތިބި: އަބްދުއްރަހީމް

28 ޑިސެމްބަރ 2023

ޕީއެންސީގެ މެމްބަރުންގެ އަދަދު 40،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީއެންސީގެ މެމްބަރުންގެ އަދަދު 40،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ސޮއިކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ ވެރިކަމަށް އައިއިރު އެ ޕާޓީގައި ތިބީ 3،000 މެމްބަރުން ކަމަށް ވިޔަސް، މިހާރު އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށެވެ.

"ޕީއެންސީގެ ދަފްތަރުގައި 40،000 އެތައް ހާސް މެމްބަރުންނެއް ވަނީ ރަޖިސްޓްރީ ކުރެވިފައި." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކަމުން ވެސް އެނގިގެން ދަނީ ރައްޔިތުން މި ސަރުކާރު ބަލައިގަންނަ ކަން ކަމަށެވެ. އަދި ރައްޔިތުން ތިބީ މި ސަރުކާރާ އެކު ކުރިއަށް ދާނެ ކަން އެނގިގެން ގޮސްފައިވާ ކަމަށާއި މިއީ ރެކޯޑެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީން ދާދިފަހުން ވަނީ 10،000 މެމްބަރުން ހަމަކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއަކަށް ބަދަލުވެފަ އެވެ.