ބައިރޫތު/އައްމާންް/ ރޮއިޓާސް - ސީރިއާގެ އުތުރު ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީންނާ ދެކޮޅަށް ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ކުރުދީން ސީރިއާ ސަރުކާރާ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
14 އޮކްޓޯބަރ 2019
ބައިރޫތު/އައްމާންް/ ރޮއިޓާސް - ސީރިއާގެ އުތުރު ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީންނާ ދެކޮޅަށް ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ކުރުދީން ސީރިއާ ސަރުކާރާ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ސީރިއާގެ އުތުރުގައި ކުރުދީން ހިންގާ ސަރަހައްދީ ސަރުކާރުން ބުނީ ތުރުކީގެ ހަމަލާތައް ހުއްޓުވުމަށް ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގެ ހުރިހާ ސަރަހައްދަކަށް ސީރިއާ ސަރުކާރު ސިފައިިން ފޮނުވަން ސީރިއާގެ މައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށެެވެ.
ކުރުދީން ނެރުނު ބަޔާނުގައި ބުނީ ސަރަހައްދީ ރޮނގަށް ފޮނުވާ ސީރިއާ ސިފައިން އެހީތެރިވެދޭނީ ތުރުކީން މިހާރު ދެމުން ގެންދާ ހަމަލާތައްް ހުއްޓުވައި ތުރުކީ ސިފައިންނާއި އެމީހުންގެ މަދަދު ލިބޭ ކުލީ ސިފައިން ހިފާފައިވާ ސަރަހައްދު ތަކުން އެމީހުން ބޭލުމަށް ކަމަށެވެ. ތުރުކީ ސިފައިންގެ މަަދަދު ލިބޭ ކުލީ ސިފައިން ކަމަށް ބަޔާނުގައި ބުނެފައި ވަނީ ތުރުކީން އެހީވާ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ.
ކުރުދީންގެ ބަޔާނުގައި ބުނެފައި ވަނީ މިހާރު ތުރުކީ ސިފައިންގެ އަތްދަށުގައި އޮތް އަފްރިން ފަދަ ރަށްތައް މިނިވަންކުރަން ވެސް އެއްބަސްވުމުގެ ދަށުން ސީރިއާ ސިފައިން އެހީތެރިވާނެ ކަމަށެވެ.
ކުރުދީން ސީރިއާ ސަރުކާރާ އެއްބައިވުމަކީ މުޅި ގައުމު ކޮންޓްރޯލް ކުރަން ކުރާ މަަސައްކަތުގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެެވެ. އަދި އެއީ ބައްޝާރަށް މަދަދު ދޭ ރަޝިޔާ އާއި އީރާނަށް ވެސް ލިބުނު ކާމިޔާބީއެކެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން ކުރުދީންނާ ގުޅިގެން ކުރި ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް އަސީރުކޮށްފައި ތިބީ ވެސް ކުރުދީން ކޮންޓްރޯލްކުރާ ސަރަހައްދުގަ އެވެ. ތުރުކީގެ ހަމަލާތަކާ ގުޅިގެން އެމީހުން ދޫކޮށްލައި، އައިއެސް ހަރަކާތްތެރިވާން ކުރުދީން ޖާގަ ދިނުމަކީ ވެސް ކޮށްފާނެ ކަމެއް ކަަމަށް ވަނީ ބެލެވިފަ އެވެ.
ތުރުކީން ސީރިއާގެ ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ފަށަން ތައްްޔާރުވި އިރު ސީރިއާގެ އިރުމަތީގައި ތިބި އެެމެރިކާ ސިފައިން އެގައުމުން ބާލަން ވަނީ ފަށައިފަ އެވެ. އެމެރިކާއިން އެޅި އެ ފިޔަވަޅު ކުރުދީން ސިފަކޮށްފައި ވަނީ "ބުރަކައްޓަށް ވަޅި ހެރުން" ކަމަށެވެ. އެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެތެރެ އާއި ބޭރުން ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެކަމަކު އެމެރިކާ އިން އިއްޔެ ބުނީ ސީރިއާގެ އުތުރުގައި ތިބި އެމެރިކާގެ އެންމެ ފަހު 1،000 ސިފައިން ވެސް އެ ސަރަހައްދުން ބާލާނެ ކަމަށެވެ.
އެމެރިކާ ސިފައިން ހުސްކުރުމުގެ މަސަައްކަތް އަވަސްކުރީ ތުރުކީ ސިފައިން ސީރިއާގެ އެތެރެއަށް ވަންނާތީ ކަމަށް އެމެރިކާގެ ދިފާއީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުންޏެެވެ.
އެމެރިކާ ސިފައިން އެ ސަރަހައްދުން ފޭބުމާއި ސީރިއާ ސިފައިން އެ ސަރަހައްދަށް ފޮނުވުމަކީ ސީރިއާ ސަރުކާރާ ތުރުކީއާ ދެމެދު ސީރާ ހަނގުރާމައެއްް ފެށުމަށް މަގުފަހިވާނެ ކަމެކެވެ.
އެމެރިކާއިން ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އައިއެސް މީހުން ތިބި ޖަލެއް ކުރުދީން ހުސްކޮށްފި:ތުރުކީ
ކުރުދީންގެ މައިރަށަކަށް ތުރުކީ ސިފައިން ވަދެއްޖެ
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި
ސީރިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް: އުރުދުޣާން
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ހަނގުރާމައިގައި ހާލުގައިޖެހުނު 21 ދިވެއްސަކު ގެނެސްފި