ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް ސްޓޯލް ވިއްކާ ކަމަށް ބުނެ "ސްކޭމް ހިންގާތީ" އާންމުން އެކަމަށް ސަމާލުވާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު އިލްތިމާސްކޮށްފި އެވެ.
16 ނޮވެމްބަރ 2025
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް ސްޓޯލް ވިއްކާ ކަމަށް ބުނެ "ސްކޭމް ހިންގާތީ" އާންމުން އެކަމަށް ސަމާލުވާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ތަންތަނުގައި އިވެންޓް އަދި ފެއާ ބޭއްވުމަށް އެ ކުންފުނިން ނަގަން ޖެހޭ ހުއްދަ ނެގުމަކާއި ނުލައި، ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކުންފުނީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ބާއްވާ އިވެންޓަކަށް ސްޓޯލެއް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީގެ ހުއްދަ އޮތް ބައެއް ކަން ޔަގީން ކުރުމަށް އެ ކުންފުނީގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަންގެ ނަންބަރު 3336112 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.
އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި، އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން ހުޅުމާލޭގައި ފެއާ އާއި ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ބޭއްވުމަށް ތަންތަން ދޫކުރުން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓުތަކާއި ފެއާތައް ބޭއްވުމަށް އެޗްޑީސީން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން އިވެންޓު ބާއްވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށާއި އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުނަގާނެ ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެޗްޑީސީން ވަނީ އިއުލާނެއް ނެރެފަ އެވެ. އަދި މީގެކުރިން ވެސް އެޗްޑީސީގެ ނަމުގައި އެކި ސްކޭމްތައް ހިންގާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިފައިވެ އެވެ.
ކޭޕާކްގެ މައްސަލާގައި މަންޑޭއަށް ވައްކަމުގެ ތުހުމަތު
ހުއްދަނެތް އިވެންޓްތަކުން ސްޓޯލް ވިއްކާތީ ސަމާލުކަމަށް
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
ފަޒީލްގެ ފޯޖަރީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
ފުލުހުން އެޗްޑީސީއަށް ވަދެ ފާސްކުރަނީ
ހުޅުމާލެ2: ކުށްވެރިން އަތްގަދަކޮށް ކުށުގެ ވެއްޓަކަށް!
މަންޑޭއާއެކު ވިޔަފާރިކުރާ އާބަންކޯގެމުވައްޒަފު ސަސްޕެންޑް
މަންޑޭ ބުނީ މައި ހިއްސާދާރު އުޅުނީ ފިލަން ކަމަށް
މަކަރު ހަދައި ލަނޑު ދިނަސް ކޮންޓްރެކްޓަރަށް ހިމާޔަތް!