Roadha Mihaaru
ބަލިނުވެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް އިޓަލީ އަށް

ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ރެކޯޑް އިޓަލީން މުގުރާލައިފި

06 ސެޕްޓެމްބަރ 2021

ބަޒެލް (ސެޕްޓެމްބަރު 6) - މެޗަކުން ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި، ގައުމީ ޓީމުގެ ރެކޯޑް އިޓަލީން މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބަޒެލް (ސެޕްޓެމްބަރު 6) - މެޗަކުން ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި، ގައުމީ ޓީމުގެ ރެކޯޑް އިޓަލީން މުގުރާލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޔޫރަޕް ޒޯންގައި ރޭ، ރޮބާޓޯ މަންޗިނީގެ ޓީމުން ވަނީ ލަނޑެއް ނުޖެހި ސްވިޒަލެންޑާ އެއްވަރުކޮށްފަ އެވެ. އެ މެޗާ އެކު އިޓަލީން ވަނީ އެ ޓީމު ބަލި ނުވެ ދެމެހެއްޓި މެޗުތަކުގެ އަދަދު 36 އަށް ގެންގޮސްފަ އެވެ.

މިދިޔަ ހަފުތާއާ ހަމައަށް އެ ރެކޯޑް އޮންނަނީ ސްޕެއިން އާއި ބްރެޒިލް އަތުގަ އެވެ. ބްރެޒިލުން ވަނީ 1993-1996 އަށް، ބަލި ނުވެ 35 މެޗު ފުރިހަމަކޮށްފަ އެވެ. ސްޕެއިނުން ވަނީ 2007-2009 އަށް ބަލި ނުވެ 35 މެޗު ފުރިހަމަކޮށްފަ އެވެ.

ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ލިސްޓް

ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ލިސްޓް

މިދިޔަ ހަފުތާގައި ބަލްގޭރިއާއާ، 1-1 އިން އެއްވަރުކޮށް އިޓަލީން ވަނީ ބްރެޒިލް އާއި ސްޕެއިންގެ ރެކޯޑާ ހަމަހަމަކޮށްފަ އެވެ. ރޭ އެ ރެކޯޑް މުބުރާލައި 36 މެޗު އިޓަލީން ފުރިހަމަކުރި މުއްދަތުގައި އެ ޓީމުން ވަނީ ޖުލައި މަހު ނިމިގެންދިޔަ ޔޫރޯޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ރެކޯޑް މުގުރާލުމަށް އިޓަލީ ވަނީ 29 މެޗުން މޮޅުވެފަ އެވެ. އެއްވަރުވީ ހަތް މެޗުންނެވެ.

އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ، ސެޕްޓެމްބަރު 2018 ގައި ޔޫއޭފާ ނޭޝަން ލީގުގެ ގުރޫޕް ސްޓޭޖުގައި ޕޯޗްގަލް އަތުންނެވެ. ރޭގެ މެޗުގައި ވެސް އިޓަލީ އަށް މޮޅުވުމުގެ ފުރުސަތު ލިބުނެވެ. އިޓަލީ ޓީމުގައި ޕެނަލްޓީ އެކްސްޕާޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ޖޯޖީނިއޯ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.