Roadha Mihaaru
އިޓަލީ ނުވަތަ ޕޯޗްގަލް ވޯލްޑް ކަޕުން ނުފެންނާނެ

އިޓަލީ ނުވަތަ ޕޯޗްގަލް ވޯލްޑް ކަޕުން ނުފެންނާނެ

26 ނޮވެމްބަރ 2021

އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޕޯޗްގަލް އާއި އިޓަލީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް ނުފެންނާނެކަން ކަށަވަރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޕޯޗްގަލް އާއި އިޓަލީގެ ތެރެއިން ކޮންމެވެސް އެއް ޓީމެއް ނުފެންނާނެކަން ކަށަވަރު ވެއްޖެ އެވެ.

ޔޫރޯ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުރު ލައްވާލި ގޮތުން އިޓަލީ އާއި ޕޯޗްގަލް ލައްވާލީ ޕްލޭއޮފް އެއް ގުރޫޕެއްގަ އެވެ. ޕްލޭއޮފް ޕާތު ސީގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އިޓަލީ ކުޅެން ޖެހޭނީ އުތުރު މެސެޑޯނިއާއާ ދެކޮޅަށެވެ. ޕޯޗްގަލްއާ ޖެހޭނީ ތުރުކީ އެވެ. އެ ދެމެޗުން މޮޅުވާ ޓީމެއް ދަތުރުކުރާނީ ޕްލޭއޮފް ފައިނަލަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވާނީ ފައިނަލް ކާމިޔާބު ކުރާ ޓީމެކެވެ.

"މި ގުރު ލައްވާލި ގޮތުން އަހަރެމެންނަށް އުނދަގޫ ވާނެ،" އިޓަލީގެ ކޯޗް ރޮބާޓޯ މަންޗިނީ ބުންޏެވެ. "އުތުރު މެސެޑޯނިއާ އަކީ ވަރަށް އުނދަގޫ ޓީމެއް. އެ މެޗުން އަހަރެމެން މޮޅުވެއްޖެއްޔާ ޖެހޭނީ ތުރުކީ ނުވަތަ ޕޯޗްގަލްއާ ރަށުން ބޭރުގައި ވާދަކުރަން. ފަސޭހައެއް ނުވާނެ."

ވޯލްޑް ކަޕް ކޮލިފައިން ޔޫރޯ ޒޯންގެ ޕްލޭއޮފް ކުޅެންޖެހޭ ގޮތް

ޕާތު އޭ ގައި ސްކޮޓްލެންޑާއި ވޭލްސް ހިމެނެ އެވެ. ވޭލްސް ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ސްކޮޓްލެންޑް ނުކުންނާނީ ޔޫކްރޭންއާ ދެކޮޅަށެވެ. ފައިނަލަށް ދާނީ އެ ދެ މެޗުން މޮޅުވާ ޓީމެކެވެ. ޕާތު ބީގައި ރަޝިއާ އާއި ޕޮލެންޑް ވާދަކުރާނެ އެވެ. ދެން އެ ޕާތުގައި ހިމެނެނީ ސްވިޑެން އާއި ޗެކްރިޕަބްލިކެވެ. ޕްލޭއޮފްގައި ވާދަކުރަނީ ގުރޫޕްގެ ދެވަނަ އަށް ދިޔަ ޓީމުތަކެވެ.

އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ 32 ދެ ޓީމު ވާދަކުރާ އެންމެ ފަހު ވޯލްޑްކަޕެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ 2026 ގެ ވޯލްޑް ކަޕުން ފެށިގެން ދުނިޔޭގެ އެންމެ މގަބޫލު ކުޅިވަރު މުބާރާތުގައި 48 ޓީމު ވާދަ ކުރާނެ އެވެ. ޔޫރަޕް ޒޯނުން ވޯލްޑް ކަޕުުން ދެން ޖާގަ ލިބޭނީ ތިން ގުރޫޕުގެ ފައިނަލު ކާމިޔާބު ކުރާ ތިން ޓީމަށެވެ.

ގަތަރު ވޯލްޑް ކަޕް ބާއްވާނީ އަންނަ އަހަރު ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.

ވޯލްޑް ކަޕުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމުތައް

- ގަތަރު (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)

- ޖަރުމަން

- ޑެންމާކް

- ބްރެޒިލް

- ފްރާންސް

- ބެލްޖިއަމް

- ކްރޮއޭޝިއާ

- ސްޕެއިން

- ސާބިއާ

- އިންގްލެންޑް

- ސްވިޒަލެންޑް

- ނެދަލެންޑްސް

- އާޖެންޓީނާ