Roadha Mihaaru

ނުކުޅެދުންތެރިކަން ހުރި މީހަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެމްޕީއެލްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ހުޅުމާލޭގައި ހުންނަ އެމްޕީއެލް އޮފީހުގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުރި ފިރިހެން މުވައްޒަފަަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެތަނުގެ ސުޕަވައިޒަރަކު ސަސްޕެންޑްކޮށްފި އެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މުވައްޒަފަކު ސަސްޕެންޑް
ޚަދީޖާ ހާޒިމާ
ޚަދީޖާ ހާޒިމާ

06 އެޕްރީލް 2017

ހުޅުމާލޭގައި ހުންނަ އެމްޕީއެލް އޮފީހުގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުރި ފިރިހެން މުވައްޒަފަަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެތަނުގެ ސުޕަވައިޒަރަކު ސަސްޕެންޑްކޮށްފި އެވެ.

އެކަމަކު މި މައްސަލައިގެ އިތުރު ތަފްސީލެއް އެމްޕީއެލް އާއި ފުލުހުން ވެސް ނުދެ އެވެ.

ސިކުނޑީގެ އުނިކަން ހުންނަ މީހަކާ ޖިންސީ ގޮތުން ބެހެފި ނަމަ އެކަން ގާނޫނީ ގޮތުން ބެލެވެނީ ޖިންސީ ގޯނާގެ ގޮތުގަ އެވެ. އެމްޕީއެލްގެ މުވައްޒަފުގެ ނުކުޅެދުންތެރިކަމަކީ ކޮބައިކަމެއް "މިހާރު" އަށް އެނގިފައެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އޭނާއާ ޖިންސީ ގޮތުން ބެހުނީ، ބަރަހަނާ އެއްޗެހިތަކެއް ދެއްކުމަށް ފަހު އެވެ. އަދި ގުޅުން ހިންގަމުން ދަނިކޮށް އެތަނުގެ ސީސީޓީވީ އަށް އެ މަންޒަރު އަރާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

އެމްޕީއެލްއިން ބުނީ ތަހުގީގު ނިމެންދެން އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއް އަޅަން ޖެހުނަސް، ކުންފުނީގެ ސިޔާސަތާ އެއްގޮތަށް އެކަން ކުރާނެ ކަމަށް ވެސް، އެމްޕީއެލް އިން ބުނެ އެވެ.

ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުރި "ކުއްޖަކާ" ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް އެތަނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް ދޭން ފުލުހުން ވެސް ބޭނުމެއްނުވެ އެވެ.

އެމްޕީއެލްއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއް ތަނެވެ.