މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
26 މާޗް 2018
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ބޭފުޅަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ޑިވިޝަން ހެޑް އިބްރާހިމް ރަޝީދާއި ޓާމިނަލް ވެހިކަލް ޔުނިޓުގެ ހެޑް މުހައްމަދު މަސީހުގެ އިތުރުން ކާގޯ ހެޑް އިބްރާހިމް ވަހީދާއި މާލޭ ނޯތު ހާބަރުގެ ހެޑް މުޖާހިދު އަނީސް އެވެ. އެ މީހުން ވަޒީފާއިން ވަކިކުރި ސަބަބު ސާފުވާ ގޮތެއް ނުވި އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ އެ ކުންފުނީގެ އެތެރޭގެ ކަމަކަށްވާތީ ޖަވާބެއްދެވެން ނެތް ކަމަށެވެ.
އެ ބޭފުޅުން އެ މަގާމުތަކުން ވަކި ކުރުމުގެ އިތުރުން އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އެހެން ބޭފުޅުން ވަނީ އެހެން މަގާމުތަކަށް ވެސް ބަދަލުކޮށްފަ އެވެ.
އެމްޕީއެލްއަކީ ސަރުކާރަށް ތާއީދު ކުރާ، އެކްޓްވިސްޓުންނަށް ވަޒީފާ ދޭ ކުންފުންޏެއް ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކުރާއިރު މިދިޔަ މަހު ވަނީ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފަ އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ދާދިފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު 9 ގައި އެމްޕީއެލްގެ ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށް ތިން ބޭފުޅަކު އައްޔަންކޮށްފައި ވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ ދީފި
ޔާމީންގެ ވާހަކަ މީޑިއާއިން ގެނައީ އޮޅޭގޮތަށް: ޕީޕީއެމް
މިހާރު ހުންނަންވާނީ ގުދަންތައް ބަދަލުކޮށްފައި: މުއިއްޒު
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް
ސިޔާސީ ފިކުރަށް ބަލައިގެން ކަނޑައެއް ނުލަން:ތަރުޖަމާން
ޕީޕީއެމް މެމްބަރުންނަށް ދައުލަތުން ދިން ފައިސާ ނުދައްކާ
އެމްޕީއެލްގެ ޗެއާމަނަކަށް ނަޒާކީ ޒަކީ ހަމަޖައްސައިފި
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
އެމްޕީއެލްއިން ބޮޑުކުރި އެލަވަންސް ނުދީގެން ޝަކުވާ!
އެމްޕީއެލްގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި