ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފި އެވެ.
07 ޑިސެމްބަރ 2025
ތޫފާން ދީތުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފި އެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި ލަންކާއަށް ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ.
"މިފަދަ ދަތި ހާލަތެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތަކަށް އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރާނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން މި ކުރާ މަސައްކަތުން ރަމްޒުކޮށްދެނީ އެ އަޅާލުމާއި ޒިންމާދާރުކުރަން،" މޯލްޑިވިއަނުން ބުންޏެވެ.
Standing with Sri Lanka, together. ?? ??
— MaldivianAero (@MaldivianAero) December 7, 2025
The Mahaldeeb Foundation, Meegaath and Maldivian have joined together to transport essential goods in support of ongoing relief efforts in Sri Lanka.#Maldivianaero pic.twitter.com/VBevZRIJU9
މޯލްޑިވިއަނުން ލަންކާއަށް އަސާސީ ތަކެތި ފޮނުވާއިރު، މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ޝެޑިއުލްކޮށްފައިވެ އެވެ.
ލަންކާއަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައިގެ ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި 6.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ނޫސްތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީވާން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރަށް ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން ޕީއެސްއެމުން އިސްވެ ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) އާއެކު، ޖުމްލަ 850،352 ޑޮލަރު ވެސް ލަންކާ ސަރުކާރާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ލަންކާއަށް މާލީ އެހީ ދީފަ އެވެ. އޭގެ ތެރޭގައި ސަން ކުންފުންޏާއި ވިލާ ގްރޫޕުގެ އިތުރުން މެދުފަންތީގެ ބައެއް ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
ލަންކާގެ ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ ލަންކާ ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތައް ބާއްވައިފަ އެވެ.
ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެ، 200 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލުމުގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ އެވެ.
ޕީއެންސީން ލަންކާއަށް 300،000.ރ ހަދިޔާކޮށްފި
ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިނީ ރާއްޖެ އިން
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ސްރީލަންކާއަށް އެހީވާން ވިލާއިން އެއް ލައްކަ ޑޮލަރު
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ދިވެހިންގެ ފަރާތުން ލަންކާއަށް 11 މިލިއަން ރުފިޔާ
ލަންކާ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް ކޮލަންބޯއަށް
މޯލްޑިވިއަން އިން ކޮލަންބޯއަށް ސީދާ ދަތުރުތައް ފަށައިފި