Roadha Mihaaru
މިއީ އެންމެ ލޯބި ޝެފް

މިއީ އެންމެ ލޯބި ޝެފް

15 މެއި 2020

މިހާރު އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ސަމާލުކަން ހުއްޓިފައި ވަނީ ތުއްތު ޝެފަކަށެވެ. މިއީ އެންމެ އަހަރެއްވީ ފިރިހެން ކުއްކެޖެވެ. އެ ކުއްކާ "ކައްކާ" ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން އަންނަ އިރު މި ކުއްޖާ ލޯބިކަމުން އެ ވާހަކަ އެންމެން ވެސް އަންނަނީ ދައްކަމުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ސަމާލުކަން ހުއްޓިފައި ވަނީ ތުއްތު ޝެފަކަށެވެ. މިއީ އެންމެ އަހަރެއްވީ ފިރިހެން ކުއްކެޖެވެ. އެ ކުއްކާ "ކައްކާ" ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން އަންނަ އިރު މި ކުއްޖާ ލޯބިކަމުން އެ ވާހަކަ އެންމެން ވެސް އަންނަނީ ދައްކަމުންނެވެ.

މިއީ ކޯބީ އެވެ. މި ކުއްޖާ "ކައްކާ" މަންޒަރު ފެން ވީޑިއޯތައް ވަރަށް މަޖެލެވެ. ކައްކާ އިން ބޮލުގައި އަޅާ ކަހަލަ ކެޕެއް އަޅައިގެން "ޕްރޮފެޝަނަލް" ޝެފެއްގެ ފާޑުވެރިކަން ދައްކަނީ އެވެ. އެއް އަހަރުގެ ކުއްޖެކޭ ބުނާވަރަށް ވުރެ މި ކުއްޖާގެ ހަރަކާތްތަކުންނާއި މޫނު މައްޗަށް ގެންނަ ކުލަވަރުތަކުން ހީވަނީ ހަމަ ބޮޑު މީހެއްހެންނެވެ.

ކޯބީގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް އެކައުންޓްގައި ތައާރަފުގައި ބުނަނީ މިހެންނެވެ؛ އަހަންނަކީ ޝެފް ކޯބީ އެވެ. އަހަންނަނީ ކެއްކުމާއި ކެއުމަށް ލޯބިކުރާ ކުއްޖަކީމެކެވެ.

ކޯބީގެ މައިންބަފައިން ހަދާފައިވާ މި އެކައުންޓްގައި ކޯބީގެ އެތައް ވީޑިއޯއެއް އެބަހުއްޓެވެ. ބަލައިލާށެވެ. ހަމަ ޔަގީނުން ވެސް މޫނުމައްޗަށް އުފާވެރިކަން އަންނާނެ އެވެ.

ވީޑިއޯތަކުގައި މި ކުއްޖާ އެކި ކަހަލަ ކާނާތައް ތައްޔާރުކުރާ ގޮތް މަޖާ ގޮތްގޮތަށް ދައްކުވައިދެ އެވެ. އަދި އެތައް ބަޔަކު ވީޑިއޯތަކަށް ލޯބިން ހިތްފުރިގެން ވެސް ކޮމެންޓްތައް ވެސް އޮއްސާފައިވެ އެވެ.