ހޮންގް ކޮންގުގައި މީހުން ދިރިއުޅޭ، ހައުސިން އެސްޓޭޓެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.
ހޮންގް ކޮންގުގައި މީހުން ދިރިއުޅޭ، ހައުސިން އެސްޓޭޓެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.
ސިޓީގެ ލީޑަރު ޖޯން ލީ މިރޭ ވިދާޅުވި ގޮތުގައި މެންދުރު ފަހު ރޯވި އަލިފާން ނިއްވާނުލެވި އަދިވެސް ފެތުރެމުން ދާއިރު މިހާތަނަށް ވަނީ 36 މީހަކު މަރުވިކަން ކަށަވަރުވެފަ އެވެ.
"މިހާތަނަށް އަލިފާނުގެ ސަބަބުން 36 މީހަކު މަރުވެ 279 މީހަކަށް ވީ ގޮތެއް ވަނީ ނޭނގިފައި. އިތުރު 29 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް،" ޕްރެންސް ކޮންފަރެންސެއްގައި ލީ ވިދާޅުވި އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މީހުން ބުނާ ގޮތުގައި ރޯވެފައިވާ އިމާރާތްތަކުގައި އެހީއަށް އެދި މީހުން ގޮވަމުން ދާއިރު ވެސް އެ މީހުންނާ ހިސާބަށް ދެވޭނެ ގޮތެއް ވެސް ނެތި ތިބެންޖެހެ އެވެ.
ހޮންގް ކޮންގުގައި ހުންނަ ފްލެޓް އިމާރާތްތަކެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭއެފްޕީ
އެންމެ ފުރަތަމަ އަލިފާން ރޯވީ ވަންގް ފުކް ކޯޓް އެޕާޓްމަންޓް ބްލޮކް މަރާމާތުކުރަމުން ދާތީ ދަމާފައި ހުރި ދާތައް ހިފަހައްޓަން ހަދާފައި ހުރި އޮނުގެ ފްރޭމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އަށް ޓަވަރުގައި 2،000 އަށް ވުރެ ގިނަ ފްލެޓް ހުންނަ އިމާރާތްތަކުގައި މަރާމާތުގެ ބޮޑު މަސައްކަތްތަކެއް ކުރަމުން ދާތީ އަށި އަޅައި ދަމާފައި ހުރި ދާތަކުގައި އެ އަލިފާންގަނޑު ފެތުރިގެން ދިޔައީ އެވެ.
The absolutely devastating fire in Hong Kong killed at least 13 people and injured 28, and affected more than 1900 households. The questions echoing across social media: how could this happen, why wasn't the initial fire handled differently from the start? pic.twitter.com/34haKkIXkR
— Closed Files (@Madlove1Jhon) November 26, 2025
މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ އަދި އެންމެ އުސް އެޕާޓްމަންޓް ބްލޮކްތައް ހުންނަ ހޮންގް ކޮންގުގައި މިއިން ޒަމާނު ވެސް ހިނގާފައި ނުވާ ވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެކެވެ.
ހޮންގް ކޮންގުގައި ހުންނަ ފްލެޓް އިމާރާތްތަކެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭއެފްޕީ
އެތަނުން ފްލެޓެއްގައި އުޅޭތާ 40 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާ މީހަކު އޭއެފްޕީއަށް ބުނި ގޮތުގައި އޭނާގެ ގިނަ އަވަށްޓެރިންނަކީ އުމުރުން ވަރަށް ދުވަސްވީ، އެކަނި ހިނގާބިނގާވެ ނޫޅެވޭ މީހުންނެވެ. އެހެންވެ އަލިފާނުގެ މިހާ ބޮޑު ހާދިސާއެއްގައި އެ މީހުންނަށް ސަލާމަތް ވެވޭނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.
"މަރާތުގެ މަސައްކަތް ކުރިއަށްދާތީ މީހުން ތިބީ ކުޑަދޮރުތައް ލައްޕައިގެން. އެހެންވެ އަލިފާން ރޯވިކަން ވެސް ބައެއް މީހުންނަކަށް ނޭނގެ. އަވަށްޓެރިންނަށް ޖެހުނީ ފޯނުން ގުޅައިގެން އެކަން އަންގަން،" އެ މީހާ ބުންޏެވެ.
އިމާރާތުގައި އުޅުނު އެތައް ބަޔަކު މަރުވެފައި ވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހަކު ވެސް ވަނީ މަރުވެފަ އެވެ.
ހޮންކޮންގު ބޮޑު އަލިފާނުގައި މަރުވި އަދަދު 128 އަށް
ލ. ގަމަށް އަލުން ކަރަންޓު ދީފި
މުޅި ގަމަށް ކަރަންޓު ދެވޭނީ މިރޭ 12 ޖަހާކަންހާއިރު
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ފިހުނު މީހާއަށް ފަރުވާ ދޭން ތައިލެންޑަށް ގެންގޮސްފި
ފިހުނު މީހާ އިތުރު ފަރުވާއަށް އޭޑީކޭއަށް
ކަރަންޓްގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ފްލެޓްގައި ރޯވީ އެކްޒޯސްޓަކުން ކަރަންޓް ޝޯޓުވެގެން