މާލޭގައި ނުތާހިރުކޮށް ކާބޯތަކެތި ހަދާ އިތުރު ތަނެއް ހޯދައި 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފި އެވެ.
26 އޯގަސްޓް 2024
މާލޭގައި ނުތާހިރުކޮށް ކާބޯތަކެތި ހަދާ އިތުރު ތަނެއް ހޯދައި 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއްވެސް ސާފުތާހިރުކަމެއް ނެތި، ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅޭ މައުލޫމާތު ޓާސްކް ފޯސް އަށް ލިބިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ރެއިޑްގައި މިއަދު ބަލައި ފާސްކުރި ގެއިން ހިފެހެއްޓި ބިދޭސީން.-- ފޮޓޯ: އިމިގްރޭޝަން
އެ ގޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
"މި ރެއިޑުގައި ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި. އަދި މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި،" އިމިގްރޭޝަނުން ބުންޏެވެ.
— Maldives Immigration (@ImmigrationMV) August 26, 2024
އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ވަރަށް ނުތާހިރުކޮށް ހުރި އެ ގޭގެ މޭޒެއްގެ މަތީގައި ރިހަ އަޅާފައި ހުރި ތެއްޔަކާއި ޓައްޕަކާއި ތަބަކެއް ހުއްޓެވެ. އަދި ޕްލާސްޓިކު ކޮތަޅުތަކަކަށް ބަތް އަޅާފައި ހުއްޓެވެ. ބޮޑެތި ކެއުންތައް ތައްޔާރުކުރަން ބޭނުންކުރާ އުނދުނާއި ތެލި ވެސް އެ ގޭގެ ތެރޭގައި ހުއްޓެވެ. އެތަނުގެ އެކި ތަންތަނަށް ކާއެއްޗެހި އެޅި މުޅިތަން އޮތީ ވަރަށް ނުތާހިރުކޮށެވެ.
ބެލެވޭ ގޮތުގައި، އެއީ ބިދޭސީންނަށް ކެއުން ތައްޔާރުކުރާ ތަނެކެވެ.
އިމިގްރޭޝަންގެ ރެއިޑްގައި މިއަދު ބަލައި ފާސްކުރި ގޭގެ ތެރޭގައި ހުރި ކާ އެއްޗެހި.-- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި މީގެ ކުރިން ވެސް ވަނީ ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އެތައް ތަނެއް ހޯދައިފަ އެވެ. އެ ތަންތަނުގައި އުޅޭ ބިދޭސީން ހިފަހައްޓައި ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި
ބުޅާމަހުގެ މައްސަލަ ބޮޑެއް ނޫން؟
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް
މި ފަހަރު ހެދިކާ މަތީގައި ހުރީ މުންޑު އަޅާފައި!