Roadha Mihaaru
ގާސިމް ހައްޔަރުުކުރުމާ ގުޅިގެން މުޒާހަރާ ފަށައިފި

ގާސިމް ހައްޔަރުުކުރުމާ ގުޅިގެން މުޒާހަރާ ފަށައިފި

07 އެޕްރީލް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް މިރޭ ކުއްލި ގޮތަކަށް ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅި ފަރާތްތަކުން މާލޭގައި މުޒާހަރާ ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް މިރޭ ކުއްލި ގޮތަކަށް ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅި ފަރާތްތަކުން މާލޭގައި މުޒާހަރާ ފަށައިފި އެވެ.

ޖޭޕީ އޮފީސް ހިންގާ މ. ކުނޫޒް ކައިރީގައި އިދިކޮޅު ފަރާތްތަކުން މިހާރު ވެސް މުޒާހަރާ ކުރިއަށް އެބަގެންދެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ވެސް މި މުޒާހަރާގައި ދަނީ ގޮވާލަމުންނެވެ.

މުޒާހަރާ ރޫޅާލަން ފުލުހުން ހަރަކާތްތެރިވުމުގެ ތެރޭގައި ބައެއް މީހުންގެ މޫނަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކުރުމާ ގުޅިގެން، އެ ޕާޓީގެ އޮފީސް މ. ކުނޫޒް ކައިރީގައި ބޭއްވި މުޒާހަރާ ރޫޅާލަން ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކުރުމާ ގުޅިގެން، އެ ޕާޓީގެ އޮފީސް މ. ކުނޫޒް ކައިރީގައި ބޭއްވި މުޒާހަރާ ރޫޅާލަން ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިދިޔަ މަހުގެ 27 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމް މިރޭ ހައްޔަރުކޮށްފައިވާއިރު، ސީދާ ހަރަކާތަށް ނުކުންނަށް އިދިކޮޅު އެމްޑީޕީ އާއި ޖޭޕީން ވަނީ ފާސްކޮށްފަ އެވެ.

ގާސިމް ދޫކޮށްލުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރާއިރު، ގާސިމް ނިސްބަތްވާ މާމިގިލީގައި ވެސް އެ ހަރަކާތް ކުރިއަށް އެބަދެ އެވެ.