27 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެމަނިކުފާނަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ރޭވުންތަކެއް ރޭވި ކަމަށާއި އެއީ އޮއްޓަރެއް ނެތް ރޭވުމެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެމަނިކުފާނަށް ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ރޭވުންތަކެއް ރޭވި ކަމަށާއި އެއީ އޮއްޓަރެއް ނެތް ރޭވުމެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.
އިއްޔެ ފާހަގަކުރި ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭ ގޮތުން، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން ދުވަހުގެ ތައްޔާރީތަކަށް ސަރުކާރުން ކުރި މަސައްކަތްތަކާއި ހަރަކާތްތައް ހުއްޓުވައި މަގުމަތީގެ އަމަންއަމާންކަން ގެއްލުވާލުމަށް އިދިކޮޅު ފަރާތްތަކުން ރޭވީ ރައްޔިތުންގެ އެއްބައިވަންތަކަން ނެތް ކަން ބޮޑުވަޒީރަށް ދެއްކުމަށް ކަމަށެވެ.
ނަވާޒް ޝަރީފު މިދިޔަ އަންގާރަ ދުވަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ކުރިއަށް ވުރެ ގިނަކޮށް، ސަރުކާރަށް ކުރާ ސިޔާސީ ޕްރެޝަރު ވަނީ އިތުރުކޮށްފަ އެވެ.
ޕީޕީއެމުން ބުނީ 'ހަވަރު އެއްކުރުމަށް' މުޒާހަރާ ކުރުމަށް އިދިކޮޅު ޕާޓީތަކުން އާންމުންނަށް ގޮވާލި ނަމަވެސް، އެކަމަށް އެއްވެސް މީހަކު އިޖާބައެއް ދީފައި ނުވާ ކަމަށެވެ. އެކަމުން ސަރުކާރުން ގައުމިއްޔަތު ދިރުވައި އާލާ ކުރުމަށް ކުރާ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިބީ މިދިޔަ 35 އަހަރުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ގައުމު ހިންގަން ތިއްބެވި ވެރިންނެވެ. އެބޭފުޅުންގެ "ގޮވެއްޔަށް" ރައްޔިތުން އިޖާބަ ނުދޭކަމީ ރައްޔިތުން އެބޭފުޅުން ގެންގުޅުނު ސިޔާސީ ކަންކަން ބަލައިނުގަންނަ ކަމުގެ ދަލީލެއް ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރައްޔިތުންނަށް ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ގާނޫނީ، ތަހުޒީބީ ޑިމޮކްރަސީއަށް ރައްޔިތުންގެ ތާއީދު އޮތް ކަން ހާމަވާ ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.
"ރައްޔިތުންނަކީ ސުލްހަމަސްލަސްކަމާއި އަމަންއަމާން ކަމަށް ލޯބިކުރާ ގައުމިއްޔަތު ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެކެވެ. އަދި ދިވެހިންނަކީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު ކުރިއަށް ނެރެ، ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށް ވީ ނަމަވެސް މި ފަހަކަށް އައިސް ދިވެހިންގެ ތެރެއިން މަދު ބަޔަކު އަބަދުވެސް މަސައްކުރަނީ ގައުމު ހަލަބޮލިކޮށް މަސްލަހަތު ނަގާލައި ގައުމުގައި ހަމަނުޖެހުން އުފައްދާ ގައުމަށް އަންނަމުންދާ ކުރިއެރުންތައް ހުއްޓާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
އިދިކޮޅުން އުޅެނީ އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް
ގާނޫނީ އިމުން ބޭރު، ހަރަކާތްތައް ހުއްޓުވާނަން: ނަވާޒް
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން