Roadha Mihaaru
"ހީރޯއަކީ ބެކަމް އެކަމަކު ޔުނައިޓެޑަށް ދާން ނުނިންމަން

ހީރޯއަކީ ބެކަމް، އެކަމަކު ޔުނައިޓެޑަށް ދާން ނުނިންމަން: ގްރިޒްމަން

07 އެޕްރީލް 2017

މެޑްރިޑް (އޭޕްރިލް 7) - އޭނާގެ ހީރޯއަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމް ކަމަށާއި އެކަމަކު އެއީ އޭނާ އެ ޓީމަށް ބަދަލުވާން ނިންމަންވީ ސަބަބެއް ނޫން ކަަމަށް އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޭޕްރިލް 7) - އޭނާގެ ހީރޯއަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމް ކަމަށާއި އެކަމަކު އެއީ އޭނާ އެ ޓީމަށް ބަދަލުވާން ނިންމަންވީ ސަބަބެއް ނޫން ކަަމަށް އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

ޔުނައިޓެޑުން އަންނަނީ މި ސީޒަން ފެށުނީއްސުރެ ފްރާންސްގެ ފޯވާޑް ގްރީޒްމަން އަށް ފާރަަލަމުންނެވެ. ގްރީޒްމަނާއި ޔުނައިޓެޑާ ގުޅުވައިގެން މީޑިއާގައި ތަފާތު އެކިގޮތަށް ވާހަކަތަށް ދެކެވުނު ނަމަވެސް އޭނާ ދެމުން އައީ އަބަދުވެސް އެއް ޖަވާބެކެވެ.

"އެއް ސުވާލެއް އަބަދުވެސް އަހަންނަށް ތަކުރާރުވަމުން މި އަންނަނީ. މި ޖަވާބު ބަދަލެއް ނުވާނެ. އަހަރެން އެތުލެޓިކޯގައި މިހުރީ ހިތްހަމަ ޖެހިގެން. އަހަރެންނަކީ އެތުލެޓިކޯގެ ކުޅުންތެރިއެއް. އެހެން ޓީމަކާ މެދު ނުވިސްނަން،" ގްރީޒްމަން ބުންޏެވެ.

ޔުނައިޓެޑުގެ ހަތް ނަންބަރަށް ދެން ކުޅޭނެ ކުޅުންތެރިއަކީ ގްރީޒްމަން ކަމަށް އިނގިރޭސި މީޑިއާގައި ދެކެވޭ ވާހަކަތަކަށް އޭނާ ވަނީ ޖަވާބު ދީފަ އެވެ.

"ތެދެއް. އަހަަރެންގެ ނަންބަރަކީ ހަތެއް. އަހަރެންނަށް އެންމެ ކަމުދާ ކުޅުންތެރިއަކީ ބެކަމް. އެކަމަކު އޭގެ މާނަ އަކީ އަހަރެން ޔުނައިޓެޑަށް ދާން ނިންމައިގެން ހުރީއެކޭ އެއް ނޫން،" ގްރީޒްމަން ބުންޏެވެ.

ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭ އުމުރުން 25 އަހަރުގެ ގްރީޒްމަން އަށް ފާރަލަމުން އަންނަ ކްލަބް ތަކުގެ ތެރޭގައި ޔުނައިޓެޑާއި ޗެލްސީ، ޕީއެސްޖީ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.

ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވެނީ އެ ޓީމުގެ ކޯޗުކަމުން އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ ވަކިވުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އިންޓަ އިން އަންނަނީ އަންނަ ސީޒަނުގައި ސިމިއޯނީ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ.