ގާހިރާ (އެޕްރީލް 15) - މިސްރު ސަރުކާރަށް ފާޑުކީ ގާނޫނީ ވަކީލަކު 10 އަހަރަަށް ޖަލަށްލާން ހުކުމް ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ފާޑު ކިޔައިފި އެވެ.
15 އެޕްރީލް 2017
ގާހިރާ (އެޕްރީލް 15) - މިސްރު ސަރުކާރަށް ފާޑުކީ ގާނޫނީ ވަކީލަކު 10 އަހަރަަށް ޖަލަށްލާން ހުކުމް ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ފާޑު ކިޔައިފި އެވެ.
އެމްނެސްޓީ އިންޓަނޭޝަން އިން ބުނީ ފޭސްބުކުގައި ލިޔުނު ލިޔުމަކާ ގުޅިގެން ވަކީލް މުހައްމަދު ރަމަދާން ޖަލަށްލާން ހުކުމް ކުރުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ކުރިމަތި ކުރުވި ހުރަހެއް ކަމަށެވެ. އަދި މިއީ ޓެރަރިޒަމުގެ ގާނޫނު ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ބޭނުންކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ރަމަދާން ކުށްވެރިވެފައި ވަނީ 2015 ވަނަ އަހަރު ފާސްކުރި ގާނޫނުގެ ދަށުންނެވެ. ސަރުކާރުން ބުނެފައި ވަނީ އެ ގާނޫނުގެ ބޭނުމަކީ ޓެރަރިޒަމް ހުއްޓުވުން ކަމަށެވެ.
ރަމަދާންގެ ވަކީލް ބުނީ ޝަރީއަތް ހިނގަމުން ދިޔަ އިރު ރަމަދާން އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ޝަރީއަތް މެދުކަނޑާލަން އެދިފައިވީ ނަމަވެސް ހުކުމްކޮށްފައި ވަނީ ޣައިރު ހާޒިރުގަ އެވެ.
ފޭސްބުކުގައި ރަމަދާން ލިޔެފައިވާ ކަމަށް ވަނީ މިސްރުގެ މިހާރުގެ ސަރުކާރު މާގިނަ ދުވަހު ނޯންނާނެ ކަމަށެވެ. އިސްކަންދަރިއްޔާގެ ކޯޓަކުން ކުރި ހުކުމުގައި ރަމާދާންގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ފަސް އަހަރު ގޭ ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރުމަށް ވެސް އޭނާ އަށް ވަނީ އަމުރުކޮށްފަ އެވެ.
ޓިކްޓޮކްގެ ތަރިއަކު 13 އަހަރަށް ޖަލަށް!
ކުރިން ޑްރަގް ޑީލަރެއް، މިހާރު ގާނޫނީ ވަކީލެއް
ވަކީލު ޖަލަށް ގޮސްގެން ބައްދަލުވުންތަކަށް ހުއްދަ ދެނީ
ބެއިލްގެ ފުރުސަތު ލަސްވާތީ ޔާމީންގެ ކަންބޮޑުވުން
މިސްރުގެ ކުރީގެ އޮޑިޓާ ޖެނެރަލް ފަސް އަހަރަށް ޖަލަށް
ގައިދީންނަށް ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލުކުރެވޭނެ
"ފާރިސްގެ ގޮޅި އެޗްއާރުސީއެމަށް ކަމަކު ނުދިޔަ"
ޖަޒީރާގެ ނޫސްވެރިޔާ މިސްރު ޖަލުގައި ހުންނަތާ އަހަރެއް
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި
ގައިދީންގެ ގަޔަށް ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ