Roadha Mihaaru
އުމަރުގެ އަބުރާ ބެހުނު މައްސަލަ ބްރޯޑްކޯމް އިން ބަލަނީ

އުމަރުގެ އަބުރާ ބެހުނު މައްސަލަ ބްރޯޑްކޯމް އިން ބަލަން ފަށައިފި

18 އެޕްރީލް 2017

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އުމަރު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓީވީއެމާއި ޗެނަލް 13އިގެ މައްސަލަ ބަލައިގެންފައިވާ ކަން ބްރޯޑްކާސްޓިން ކޮމިޝަނުން އެންގީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަން ވެސް އަންގާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކިއެކި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޖަލްސާގައި ފަލާހު ދެއްކެވި ވާހަކައަކީ އުމަރުގެ އަބުރަށް އަރައިގަތުން ކަމަށް އުމަރު ވިދާޅުވި އެވެ.

އެ ދެ ޓީވީ ޗެނަލްގެ މައްސަލަ ބަލައިދިނުމަށް އުމަރު ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުއްވީ އަބުރުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ވަގުތުން ގެނެސްދޭ އިވެންޓެއްގައި، ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.

ޓީވީއެމާއި ޗެނަލް 13ގެ މައްސަލަ ސާބިތުވެއްޖެ ނަމަ، އަބުރުގެ ގާނޫނުގެ ދަށުން އެއިން ކޮންމެ މީޑިއާއެއް 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

އުމަރު ވިދާޅުވެފައި ވަނީ މިނިވަން 50ގެ އެކިއެކި ހަރަކާތްތަކާ ގުޅޭ ކަންކަން އެކި ފަރާތްތަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާގެ އަބުރަށް ފަލާހް އަރައިގެންފައި ވަނީ އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ވާ ފަދަ ސާބިތު ނުހިފޭ ދޮގު ބަހެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސަބަބެއް ކަމަށް ކަމަށް އުމަރު ދެއްކެވީ ފަލާހް އެ ވިދާޅުވާ ފަދަ ކަމެއް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައި ނުވާތީ އެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޓީވީއެމްގެ އިތުރުން ޗެނަލް 13 ގެ މައްސަލަ ބަލައިދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އުމަރު ހުށަހެޅުއްވިއިރު، ފަލާހްގެ މައްޗަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި އުމަރު ވަނީ ފުލުސް އޮފީހަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.