20 އެޕްރީލް 2017
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން، އެ ކޮމިޝަނުގެ ތަހުގީގު ޓީމުގެ އެއްވެސް މީހަކަށް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ މުވައްޒަފަކަށް ވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން، އެ ކޮމިޝަނުގެ ތަހުގީގު ޓީމުގެ އެއްވެސް މީހަކަށް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ މުވައްޒަފަކަށް ވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން އޭސީސީގައި ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަށް ތަހުގީގު ޓީމުން އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ސާބިތުވެ ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
ލުތުފީ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ކުރާ މަސައްކަތުގެ ނަތީޖާ ފެނި، އެ ކޮމިޝަނުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ކޮރަޕްޝަނާ ގުޅޭގޮތުން އޭސީސީ އަށް ހުށަހެޅި ގިނަ އަދަދެއްގެ މައްސަލަތަކުގެ ތަހުގީގު މިދިޔަ އަހަރުގެ ތެރޭގައި ނިންމާފައިވުމެވެ.
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު (ކ-3) އާއި އޭސީސީގެ މެމްބަރުންނާއި މުވައްޒަފުން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑުމެންގެ ތަހުގީގު ޓީމުތައް އަތްވާއި ވާރެ އާއި ގަދަ ކަނޑުތަކުގައި ދަތުރުކޮށް މިދިޔަ އަހަރު ވެސް ވަނީ ތަފާތު އެތައް ސަތޭކަ މައްސަލައެއް ނިންމާފައި. އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުންނަށް އަޅުގަނޑުމެން އަބަދުވެސް ދަސްކޮށްދޭ ފިލާވަޅަކީ ނަޒާހަތްތެރިކަން،" ލުތުފީ ވިދާޅުވި އެވެ.
ހާޒިރީން މިދިޔަ އަހަރު އެންމެ ރަނގަޅު އޭސީސީގެ މުވައްޒަފަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިއަދުގެ ޖަލްސާގައި ވަނީ، މަސައްކަތުގެ ރޮނގުން މިދޔަ އަހަރު އޭސީސީގެ އެންމެ ރަނގަޅު މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފަ އެވެ. އަދި ކޮރަޕްޝަނާ ގުޅޭގޮތުން ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން އާއްމުކުރާ މައުލޫމާތު ހިމަނައިގެން އޭސީސީން އަލަށް ނެރެން ފެށި "ހުދު ކަރުދާސް" އިފްތިތާހުކޮށްފަ އެވެ. އެއާއެކު، ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން "ޓްރޫ ސްޓޯރީސް"ގެ ނަމުގައި އާއްމުކުރާ ވާހަކަތަކުގެ ދިވެހި ތަރުޖަމާ ވެސް މިއަދު ނެރުނެވެ.
މީގެ ބޭނުމަކީ، ލުތުފީ ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށް އާއްމުންގެ ހޭލުންތެރިކަން ވީހާވެސް ބޮޑަށް އިތުރުކުރުމެވެ.
"ގެއްލުނު ފައިސާއާ މެދު މިއީ ވިސްނަން ޖެހޭ ހާލަތެއް"
ފައިސާއަށް ހިޔާނާތްތެރިވާ މީހުން ފަޅާ އަރުވާލާ: ރައީސް
ކޮރަޕްޝަން ފޮހެލައިގެން ނޫނީ ކުރިއެރުން ނުހޯދޭނެ:ރައީސް
ނުހައްގު މުއްސަނދިކަމަށް ފިޔަވަޅު އެޅެން ޖެހޭ: ޒިޔަތު
ކޮރަޕްޝަން ހުއްޓުވަން މަހާސިންތާއެއް ބާއްވަނީ
ބޭނުންވާ މައުލޫމާތު ޑޮކިއުމެންޓްރީގައި އެބަހުރި: އޭސީސީ
ދައުލަތަށް 74 މިލިއަން އަނބުރާ ހޯދަން ޖެހޭ: އޭސީސީ
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
"ކޮރަޕްޝަން ހިންގި މީހުންނަށް ފިޔަވަޅެއް ނޭޅޭ"
ދައުލަތުގެ ތެރޭގައި ހިޔާނާތް ހިންގައިގެން ނުވާނެ:ރައީސް