Roadha Mihaaru
އެސްޓީއޯ ސުޕަމާޓުގެ ރޯދަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ސުޕަމާޓުން ރަމަޟާން ބާޒާރުގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

23 އެޕްރީލް 2017

އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން ޖުލައި އެކެއްގެ ނިޔަލަށް ކުރިއަށް ގެންދާ "ރަމަޟާން ބާޒާރު" ފައްޓަވައި ދެއްވީ އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީނިއަ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އެވެ.

އެސްޓީއޯ އިން ބުނީ ހާއްސަ ޑިސްކައުންޓްތަކެއް މި ޕްރޮމޯޝަންގައި ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ ސުޕަމާޓުން ކުރާ 300ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ބުންޏެވެ. އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ މީހަކަށް އެއް އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރެވޭނެ ވައުޗަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް ހޮވާލެވޭ ނަސީބުވެރި ތިން މީހަކަށް އެސްޓީއޯ ސުޕަމާޓުން ވިޔަފާރިކުރެވޭނެ ވައުޗަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.