Roadha Mihaaru

ހިޓާޗީ ޕްރޮޑަކްޓުތަކުގެ އެންމެ ފަހު މޮޑެލްތައް އެސްޓީއޯއަށް

ހިޓާޗީ ޕްރޮޑަކްޓުތަކުގެ އާ މޮޑެލްތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފަހުގެ މޮޑެލްތައް އެސްޓީއޯއަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 ފެބުރުއަރީ 2023

ހިޓާޗީ ޕްރޮޑަކްޓުތަކުގެ އާ މޮޑެލްތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އާ މޮޑެލްތަކެއް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިޓާޗީ ބްރޭންޑުގެ ފްރިޖާއި ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރު ހިމެނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ޕްރޮޑަކްޓުތަކުގައި ތަފާތު އާ ފީޗާތަކެއް ހިމެނޭނެ އެވެ. އަދި އެ ޕްރޮޑަކްޓުތަކުގައި އެންމެ ފަހުގެ ޓެކްނޮލަޖީތައް ހިމެނޭނެ ކަމަށާއި ސްމާޓް ގިނަ ފީޗާތަކެއް ހުންނާނެ ކަމަށް ބުންޏެވެ.

ހިޓާޗީ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބަޔަކު އިތުބާރުކުރާ ބްރޭންޑެކެވެ.

އަލަށް ތައާރަފް ކުރި ޕްރޮޑަކްޓުތައް އެސްޓީއޯގައި މިހާރު ކުރިއަށްދާ "ރަމަޒާން ބާޒާރު" ގައި އަގު ހެޔޮކޮށް ލިބޭނެ އެވެ.