04 މެއި 2017
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު މިރޭ ވިދާޅުވެއްޖެ އެވެ.
"ޕީޕީއެމް ހޮވަމާ" ނަމުގައި ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިނަށް އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމަކީ ރައްޔިތުންގެ އަމިއްލަ ބޭނުމަށް ދޭ ވޯޓެއް ކަމަށެވެ.
ޕީޕީއެމުން މިރޭ ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާއި މަޖިލިހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި ވޯޓަކާއި ސަރުކާރަކާ ހަގީގަތުގައި އެއްވެސް ގުޅުމެއް ނެތް. މިއީ ސީދާ ރައްޔިތުން ގާނޫނުއަސާސީގައި ލިޔެވިފައިވާ ހަމައެއްގެ މައްޗަށް ހިދުމަތް ދެމުން އަންނަ ފަރާތަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަން މިއަދު ހަމަ ވަރަށް ސާފުކޮށް އެނގޭ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެޑައިގެންނެވި ޖަލްސާގައި ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވި ގޮތުގައި އެއްވެސް ކަމެއްގައި ސަރުކާރާ ވާހަކަ ދެއްކުމުގެ ހިތްވަރެއް އިދިކޮޅު ފަރާތްތަކުގެ ނެތްކަން ވޭތުވެދިޔަ ތިން އަހަރު ވަނީ ފެނިގެން ގޮސްފަ އެވެ.
އެހެންވެ، ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް އަހަރުތަކުގައި ރާއްވަވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކުން މިސާލު ނަންގަވަމުން ނިހާނު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ނިހާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ފިޔަވައި ރާއްޖޭގެ 1000 އަހަރުގެ ތާރީހުގައި މިވަރުގެ ތަރައްގީއެއް ގެނެސްދެއްވި ރައީސެއް އަދި ނެތެވެ.
"މީގެ ދެ ވަނަ ބުރަށް ފަހު 2023 ގައި އެހެން ގޮތަކަށް ނިންމަން ބަލައިފިނަމަ، އޮންނާނީ ދެން މީހަކު ތަރައްގީ ކުރަން އެވަގުތު ނުޖެހޭ ވަރަށް ތަރައްގީކޮށްފައި،" އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަން ފާހަގަ ކުރައްވާ ނިހާނު ވިދާޅުވި އެވެ.
މާލެ އަށް ދިމާވެފައި އޮތް ކުނީގެ މައްސަލަ ހައްލުކޮށްދެއްވައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަނީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނަކީ 21 ވަނަ ގަރުނަށް ހޭލައްވައި ހުންނެވި ގަޓު ހުރި ލީޑަރެއް ކަމަށާއި އެކަން ފެންނަމުންދާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ދިމާ ކުރުމަކުން އަދި ޑަރެއް ވެސް ހީނުވާނެ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް ނުބަލާނެ އެވެ. މި ސަރުކާރުން ފްލެޓުތައް ބެހެމުގައި އިންސާފުވެރިވާނެ ކަމަށާއި ދިވެހި ރައްޔިތުންނަކީ ރައީސް ޔާމީނާ އެއްވަރުގެ ރައްޔިތުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
މާލެ އަކީ ވަކި ބައެއްގެ ތަރިކަ މުދާ ކަމަށް ބުނާ ބުނުން ނިމުމަކަށް ގެނެސް ދެއްވީ ރައީސް ޔާމީން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ. ފްލެޓްތައް ދޫކުރުމުގެ ބާރު މިއަދާ ހަމައަށް އޮތް ނަމަ، މާލެ ސިޓީ ކައުންސިލުން ފްލެޓްތައް އިންސާފުވެރި ކަމާއެކު ނުބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުކޮށްފިނަމަ، ކައުންސިލަރުންގެ މުސާރަ އާއި ކައުންސިލްގެ ބާރުތައް އަލުން އިޔާދަކޮށްދޭނެ ކަމަށް ނިހާނު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އޭނާ ކުރިން ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުން މާލެ ސިޓީ ކައުންސިލަށް ލިބިދީފައި އޮތް ބާރުތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަތުލީ މާލެ ތަރައްގީ ކުރުމަށް ރައީސް ޔާމީން ބޭނުންފުޅުވެގެންނެވެ.
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް
ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެ: ޕީޕީއެމް
މިތިބީ ސަރުކާރާއެކު، ބޭނުމީ ޕާޓީ ބޮޑުކުރުން: ގާސިމް
ރިފްއަަތަށް ކުރާ ތުހުމަތުތައް ސާފުކޮށްދޭން ގޮވާލައިފި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..
އިންތިޚާބަށް "ދިއްލޭ" އިލްމުވެރިން އެބަތިބި: ނިހާން
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން