Roadha Mihaaru
އަވަށްޓެރި ގައުމުތަކަށް އިންޑިއާގެ ހަދިޔާ: ސެޓެލައިޓެއް

އިންޑިއާއިން މި ސަރަހައްދުގެ ގައުމުތަކަށް ހެދި ސެޓެލައިޓް ޖައްވަށް

05 މެއި 2017

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާ އިން ހެދި ސެޓެލައިޓް، "ޖީސެޓް-9" މިއަދު ހަވީރު ޖައްވަށް ފޮނުވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާ އިން ހެދި ސެޓެލައިޓް، "ޖީސެޓް-9" މިއަދު ހަވީރު ޖައްވަށް ފޮނުވާލައިފި އެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން އުފެއްދި މި ސެޓެލައިޓްގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދުގެ ފަސް ގައުމުގެ ޓެލެކޮމިއުނިކޭޝަން އާއި ބްރޯޑްކާސްޓިންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާގެ މި ބޮޑު އެހީތެރިކަމުގެ ފައިދާ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އާއި ނޭޕާލް އަދި ބޫޓާނަށް ލިބޭނެ އެވެ. އެކަމަކު ވާދަވެރި ޕާކިސްތާނުން މިކަމުގައި ބައިވެރިއެއް ނުވެ އެވެ.

މި ސެޓެލައިޓުގައި މުއާސަލާތުގެ ހިދުމަތަށް ބޭނުންކުރެވޭ 12 ކޭޔޫ ޓްރާންސްޕޮންޑާ ހިމެނެ އެވެ. އިންޑިއާގެ މި އެހީގައި ބައިވެރިވާ ކޮންމެ ގައުމަކަށް މަދުވެގެން އެއް ޓްރާންސްޕޮންޑާ ލިބޭނެ އެވެ. އެކަމަކު ބިންމަތީގައި ގާއިމްކުރަން ޖެހޭ ބައިތަކަށް ހޭދަކުރަން ޖެހޭނީ އެ ގައުމަކުން އަމިއްލަ އަށެވެ.

މުވާސަލާތީ ޚިދުމަތުގެ އިތުރުން ގުދުރަތީ ކާރިސާތައް ހިނގައިގެން އުޅޭއިރު އެއް ގައުމުން އަނެއް ގައުމަށް ބޭނުންވާ މުހިއްމު ގުޅުންތަކަށް ވެސް މި ސެޓެލައިޓް އެހީއަކަށް ވާނެ އެވެ.

ސައުތު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާއިން ހެދި ސެޓެލައިޓް ފޮނުވާލަން ތައްޔާރުވެފައި

ސައުތު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާއިން ހެދި ސެޓެލައިޓް ފޮނުވާލަން ތައްޔާރުވެފައި

ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ދިން މި ހަދިޔާ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ހަ ގައުމުގެ ވެރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި ސެޓެލައިޓްގެ ސަބަބުން މި ސަހަރައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެލެކޮމިއުނިކޭޝަން އާއި ޓެލެމެޑިސިން އާއި ޓެލެއެޑިއުކޭޝަން ފަދަ ދާއިރާތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި ވެސް ސެޓެލައިޓުގެ ބޭނުން ހިފޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ ދޭދޭ ގައުމުތަކުގެ ދެމެދުގައި އުފެދިފައިވާ ތަފާތުތައް އެއްފަރާތްކޮށް، އެއް ޖަމާއަތެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިފަކުރެއްވި ގޮތުގައި އެ ސެޓެލައިޓަކީ އަވައްޓެރި ގައުމުތަކަށް ދޭ "އަގުނުކުރެވޭނެ ފަދަ ހަދިޔާއެކެ"ވެ.