05 މެއި 2017
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތާއީދު ހޯދުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ލޮރީބުރު ހުއްޓުވާފައިވާ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ހުއްދަ ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތާއީދު ހޯދުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ލޮރީބުރު ހުއްޓުވާފައިވާ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ހުއްދަ ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ އެހެން ބުނިއިރު، މާލޭ ސިޓީ ކައުންސިލަށް ވެރިކަން ކުރާ ޕީޕީއެމުން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި މާލޭގައި މިއަދު ހަވީރު ލޮރީބުރެއް ބޭއްވި އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ލޮރީބުރެއް މާލޭގައި ބޭއްވުމުން އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ފުލުހުންނަށް އަމާޒުވީ، އިދިކޮޅު އެމްޑީޕީން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި މިއަދު ހަވީރު ލޮރީބުރެއް ބާއްވަން ނިންމުމުން، އެކަމަށް ފުލުހުން ހުއްދަ ނުދީ އޮއްވައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ލޮރީ ބުރު ބޭއްވުމުންނެވެ.
ނަމަވެސް ފުލުހުންގެ އިސް އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ލޮރީބުރު ވަކި ހިސާބަކުން ހުއްޓުވާފައިވާނެ ކަމަށެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނިންމާފައި އޮތީ 13 ޕިކަޕެއްގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން މިއަދު ހަވީރު މާލޭގައި ލޮރީބުރެއް ބޭއްވުމަށެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ފުލުހުން އެމްޑީޕީ އަށް އެންގީ އެ ލޮރީބުރު ހުޅުމާލޭގައި ބޭއްވުމާ މެދު އިއުތިރާޒް ނުކުރާ ކަމަށެވެ.
މާލޭގައި ލޮރީބުރު ނުބޭއްވޭނެ ކަމަށް ފުލުހުން ދެއްކި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، މަގުތަކުގައި އުމްރާނީ ތަފާތު މަސައްކަތްކުރަމުންދާތީ މަގުތަކުގެ ޓްރެފިކް ބާރުބޮޑުވުމާއި އަދި އާއްމުންނަށް ދަތިތަކާ ދިމާވެދާނެތީ ކަމަށެވެ.
ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކޮށްފި
ސަރުކާރު ބަލިވީ ރައްޔިތުންނަށް ބިރު ދައްކާތީ: ރޮޒައިނާ
ހިންނަވަރުގެ ބަދަލު މުޅި ރާއްޖެ އިން ފެންނާނެ: ނާޒިމް
އިންތިހާބުން ބަލިވިކަން ނިހާން ގަބޫލު ކުރައްވައިފި
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް
ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އީސީ
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
އެމްޑީޕީއަށް ހުއްދަ ނުދިނަސް ޕީޕީއެމުން ލޮރީ ބުރެއް
އެމްޑީޕީ ކެންޑިޑޭޓުންގެ ލޮރީބުރު މާލެއަކު ނުބޭއްވޭނެ
ތުހުމަތުކުރި މައްސަލައިގެ ހެއްކެއް ނުފެނުނު: އެމްޑީޕީ