Roadha Mihaaru
"ފުވައްމުލަކުން މަސީހަށް ނޫނެކޭ ބުނެފި، އިސްތިއުފާދީ"

"ފުވައްމުލަކުން މަސީހަށް ނޫނެކޭ ބުނެފި، ދެން އިސްތިއުފާ ދީ"

08 މެއި 2017

މި ވޭތުވެ ދިޔަ ދެ މަސް ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު "ހަނގުރާމައެއް" ކުރީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށެވެ. އެކަން އިދިކޮޅު ޕާޓީތަކަށް ނާކާމިޔާބުވި ނަމަވެސް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ހޯދި ނަތީޖާއިން، މަސީހުގެ އިތުބާރު ނެތްކަން ހާމަވެއްޖެ ކަމަށް ބުނެ، އެ ރަށަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ވޭތުވެ ދިޔަ ދެ މަސް ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު "ހަނގުރާމައެއް" ކުރީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށެވެ. އެކަން އިދިކޮޅު ޕާޓީތަކަށް ނާކާމިޔާބުވި ނަމަވެސް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ހޯދި ނަތީޖާއިން، މަސީހުގެ އިތުބާރު ނެތްކަން ހާމަވެއްޖެ ކަމަށް ބުނެ، އެ ރަށަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވަނީ އެމްޑީޕީން ކާމިޔާބުކޮށްފަ އެވެ. އަދި މަސީހު ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ފަލާހު ޝަރީފް ކާމިޔާބުކުރެއްވީ ޕީޕީއެމާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.

ކުރީގެ ނައިބު ރައީސް ޖަމީލު: ފުވައްމުލަކުން އިދިކޮޅު ޕާޓީތަކަށް ލިބުނު ކާމިޔާބުން މަސީހަށް ފާޑުވިދާޅުވި

ކުރީގެ ނައިބު ރައީސް ޖަމީލު: ފުވައްމުލަކުން އިދިކޮޅު ޕާޓީތަކަށް ލިބުނު ކާމިޔާބުން މަސީހަށް ފާޑުވިދާޅުވި

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ނަތީޖާއިން މަޖިލީހުގެ ރައީސް، މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެ ކަމަށެވެ.

"(ދެން) ދުރަށް ވަޑައިގަންނަވާ،" ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ އަދި މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމް ވެސް ވަނީ އެ ދާއިރާއިން މަސީހަށް ވަރަށް ބޮޑަށް ނޫނެކޭ ބުނެފި ކަމަށާއި ދެން އިސްތިއުފާ ދެއްވާނެ އިރަކާ މެދު ސުވާލު ކުރައްވާފަ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން

ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން

"ފުވައްމުލަކު މެދު ދާއިރާއިން ނޫނެކޭ ބުނެފި. ފެނޭތަ؟ އަޑު އިވޭތަ؟،" ނަޒުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ފިރިކަލުން މަހުލޫފް ޓެގް ކުރައްވައި އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ރައީސްގެ ގޮނޑީގެ ތިން ފައި ބިނދިއްޖެ ކަމަށާއި ދެން އިނީ އެންމެ ފައެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވައިގެން ވަރަށް ފަހުން ޕީޕީއެމުން ވަކިކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާ ވެސް ދިވެހި ރައްޔިތުން ވެސް ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށާއި މަޖިލިސް ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.

މަސީހު ތަމްސީލު ކުރައްވާ ދާއިރާއިން ސަރުކާރަށް ނޫނެކޭ ބުނުމަކީ ދެން އޮންނަ މަޖިލިސް އިންތިހާބެއް ކާމިޔާބު ކުރެއްވުމަށް އެ މަނިކުފާނަށް ކުރިމަތިވާނެ ގޮން ޖެހުމެއް ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަޒުރާގެ ބޭބެ އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ 2019 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ވެސް ފުވައްމުލަކު ދެކުނު ދާއިރާއިން އެއަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ހަމައަކަށް އެޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މަސީހާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ ރިޔާސަތު ބަދަލުކުރަން ހުށަނޭޅޭ ގޮތަށް ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އެކަމަކު 42 މެމްބަރުން ހޯދަން އުޅުއްވާ ބައެއް މެމްބަރުންނާ ފުލުހުން ދަނީ ސުވާލުކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސްގެ އިތުރުން ފަައިސަލްއާ ވެސް ސުވާލުކުރި އެވެ.