Roadha Mihaaru
ޕާޓީއާ ގުޅޭ ސުވާލު ފުލުހުން ކުރުމުން ލަދުގަނޭ: މާރިޔާ

ޕާޓީ ހިންގުމާ ގުޅޭ ސުވާލު ފުލުހުން ކުރުމުން ލަދުގަނޭ: މާރިޔާ

08 މެއި 2017

ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އަދި ފުލުހުން އެފަދަ ސުވާލުތައް ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް، މަޖިލިހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭ ގޮތުން ފުލުހުންނަށް އެއްވެސް ސުވާލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އަދި ފުލުހުން އެފަދަ ސުވާލުތައް ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް، މަޖިލިހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުކޮށް، ޖުމްހޫރީ ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވާ އެހީތަކާ ގުޅޭ ގޮތުން ފުލުހުން ސުވާލު ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ ވިދާޅުވީ މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، ވަކި ބޭފުޅަކު އެހީތަކެއް ދެއްވިތޯ އާއި ޕާޓީން ކުރަނީ ކޮން ކަމެއްތޯ އެހުމަކީ ފުލުހުން ހިންގާ ހުތުރު އަމަލެއް ކަމަށެވެ.

"ތިއީ ޕާޓީއެއްގެ ޓިކެޓެއްގައި ހޮވުނު މީހެއްހޭ؟ އަމިއްލަ ގޮތުން ހޮވުނު މީހެއްހޭ؟ އެއްޗެއް ދިއްކޮށްލިހޭ؟ މިދެން މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު. މިއީ އަޖައިބެއް ކަހަލަ ކަމެއް،" ފައިސަލް ނަސީމްއާ ފުލުހުން ކުރި ސުވާލުތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

"ލަދުގަނޭ (ފުލުހުންނަށް) ޔުނިފޯމް އަޅައިގެން ބޮޑެތި އޮފީސް ހަދައިގެން ތަމްރީން ލިބިފައި ތިބިއޭ ކިޔާފައި އެ ކުރާ ތަހުގީގުގައި ޕާޓީގެ ލީޑަރު އެއްޗެއް ދިއްކޮށްލިހޭ، (އެހީމަ)"

މެމްބަރު ފައިސަލް މިދިޔަ ބުދަ ދުވަހު ފުލުސް އޮފީހަށް ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ / މިހާރު

މެމްބަރު ފައިސަލް މިދިޔަ ބުދަ ދުވަހު ފުލުސް އޮފީހަށް ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ / މިހާރު

މާރިޔާ ވިދާޅުވި ގޮތުގައި މިއީ ފުލުހުން ލައްވާ ކުރާ ތަހުގީގެކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު ފުލުހުން މިހާރު ކުރަމުން ދަނީ ރައްޔިތުން ބޭނުންވާ ތަހުގީގެއް ނޫން ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނީ އެކަމަށް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވީ ގާސިމާ ބެހޭ ގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ފައިސަލްއާ ފުލުހުން ކުރީ ތާކުންތާކު ނުޖެހޭ ސުވާލުތަކެއް ކަމަށެވެ. އެހެންވެ، އަލީ ޒާހިރު ވެސް ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޒާހިރު ވެސް ވިދާޅުވީ ފުލުހުން ބޮޑަށް އަމާޒު ކުރި ސުވާލުތަކަކީ ޕާޓީއެއް ހިންގުމުގައި ނުކުރެވޭ ކަންތައްތަކެއްގެ ވާހަކަ ނޫން ކަމަށެވެ. ގާސިމަށް ބޭނުން މީހަކަށް އެހީއެއް ދިނުމުގެ ފުރުސަތު އޮތް އިރު، ޕާޓީގެ ލީޑަރަށް ބޭނުން ހިޔާލެއް ދެއްވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ޕާޓީ ހިންގުމާ ގުޅޭ ގޮތުން ފުލުހުންނަށް ސުވާލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި އަލީ ޒާހިރު (ވ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި އަލީ ޒާހިރު (ވ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒާހިރު ވިދާޅުވީ ފުލުހުން ކުރަމުން އަންނަ ތާކުންތާކު ނުޖެހޭ ސުވާލުތަކުގެ ސަބަބުން ފުލުހުންގެ ތެރެ އަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ހާމަވާ ކަމަށެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށް ދައުވާ އުފުލަން ފޮނުވުމުގެ ބިންގާ އަޅައިދެނީ ފުލުހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް މި ދައްކަނީ ޝަރުއީ ކޯޓުތައް ގޯސް ވާހަކަ، އެކަމަކު އެ ކަން ފަށައިދެނީ ފުލުހުން، ވަރަށް ބޮޑަށް ހިތާމަ ކުރަން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތީމަ،" ފައިސަލްގެ ވަކީލެއްގެ ހައިސިއްޔަތުން ފުލުސް އޮފީހަށް ވެސް ވަޑައިގެންނެވި ޒާހިރު ވިދާޅުވި އެވެ.

ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި ތިއްބަވާ ވެރިން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލު ކުރަމަކީ ވެސް ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.