Roadha Mihaaru
"މައި ހާޓް ވިލް ގޯ އޮން" ގެ ހަނދާންތައް އާކުރަނީ

ބިލްބޯޑް މިއުޒިކް އެވޯޑްގައި "މައި ހާޓް ވިލް ގޯ އޮން" ގެ ހަނދާންތައް އާކުރަނީ

10 މެއި 2017

ރިލީޒް ކުރިތާ މި އަހަރަށް 20 އަހަރު ފުރޭ އިރު ވެސް ޑައިރެކްޓަރު ޖޭމްސްގެ ކެމެރަންގެ ފިލްމް "ޓައިޓޭނިކް" ގެ މަތިން އަދިވެސް ގިބަ ބަޔަކު ހަނދާނެއް ނުނެތެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިލީޒް ކުރިތާ މި އަހަރަށް 20 އަހަރު ފުރޭ އިރު ވެސް ޑައިރެކްޓަރު ޖޭމްސްގެ ކެމެރަންގެ ފިލްމް "ޓައިޓޭނިކް" ގެ މަތިން އަދިވެސް ގިބަ ބަޔަކު ހަނދާނެއް ނުނެތެ އެވެ.

ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި އެ ފިލްމުގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" އަކީ ވެސް ފަނޑުވުމެއް ނެތި، މިއުޒިކްގެ ދުނިޔޭގައި އަދިވެސް ގުގުމަމުން އަންނަ ލަވައެކެވެ. އެ ލަވަ ކިޔައިގެން، ސެލީން ޑިއޯން އޮސްކާ އާއި ގްރެމީ ވެސް ހާސިލްކޮށްފައިވާ އިރު، އޭނާ މިހާރު އަންނަނީ އަނެއްކާ ވެސް "މައި ހާޓް ވިލް ގޯ އޮން" ގެ ހަނދާންތައް އާކޮށްލަން ތައްޔާރުވަމުންނެވެ.

މި މަހުގެ 21 ގައި ލަސް ވެގަސްގައި ބާއްވާ ބިލްބޯޑް މިއުޒިކް އެވޯޑްގައި ވެސް ސެލީން އޭނާގެ އަޑުން އެތައް ބަޔަކަށް ސްޓޭޖްމަތީގައި އަލުން ލަވަ އިއްވާލާނެ އެވެ. މިއީ އެ ލަވަ އާންމުންނާ ހަމަ އައިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

ބިލްބޯޑް މިއުޒިކް އެވޯޑްގައި ވެސް ލަވަ ހުށަހަޅައި ދޭން ފުރުސަތު ލިބުމުން ސެލީން ވަނީ އެކަމާ އުފާފާޅުކޮށް ވާހަކަ ދައްކައިފަ އެވެ.

ބިލްބޯޑް މިއުޒިކް އެވޯޑްސްގައި ސެލީން ޕަފޯމް ކުރާނެ.

"މިއީ އަހަރެން ހަޔާތް ބަދަލުކޮށްލައި، އަހަރެންގެ މިއުޒިކް ކެރިއަރު މުޅިން އެހެން ފަރުތަކަށް ގެންގޮސް ދިން އަހަންނަށް އަބަދު ވެސް ވަރަށް ހާއްސަ ލަވައެއް،" ސެލީން، 49، ބުންޏެވެ. "ބިލްބޯޑް މިއުޒިކް އެވޯޑްގައި މައި ހާޓް ވިލް ގޯ އޮން ހުށަހަޅައި ދޭން ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް."

އޭނާ އަދި ވަނީ އެތައް ބައެއްގެ ހިތްތަކާ ކުޅެލި ފިލްމް "ޓައިޓޭނިކް" ގެ ޑައިރެކްޓަރު ކެމެރަން އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި "މައި ހާޓް ވިލް ގޯ އޮން" ގެ މިއުޒިކް ކޮމްޕޯޒަރު ޖޭމްސް ހޯނަ އާއި އޭގެ ޅެން ލިޔުނު ވިލް ޖެނިންގްސް އަށް ވެސް ސެލީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މި މަސައްކަތުގައި ޝާމިލްވި ހުރިހާ އެންމެންގެ ލެގަސީ ފަނޑުވުމެއް ނެތި ކުރިއަށް ދާނެ،"

ލިއޮނާޑޯ ޑިކެޕްރިއޯ އާއި ކޭޓް ވިންސްލެޓް ލީޑް ރޯލުން ފެނިގެން ދިޔަ "ޓައިޓޭނިކް" ސިނަމާތަކަށް އައީ