Roadha Mihaaru
"ޑެޑްޕޫލް 2" އިން ކަންޔޭގެ މިއުޒިކް ކޮޕީކުރީތަ؟

"ޑެޑްޕޫލް 2" ގެ މިއުޒިކް އަހަރެންގެ މިއުޒިކާ ވައްތަރު: ކަންޔޭ ވެސްޓް

15 ޖޫން 2018

ދާދި ފަހުން ރިލީޒް ކުރި ސުޕަހީރޯ ފިލްމް "ޑެޑްޕޫލް 2" ގެ މިއުޒިކް، ކަންޔޭ ވެސްޓްގެ އުފެއްދުންތަކަކާ ވައްތަރު ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ރިލީޒް ކުރި ސުޕަހީރޯ ފިލްމް "ޑެޑްޕޫލް 2" ގެ މިއުޒިކް، ކަންޔޭ ވެސްޓްގެ އުފެއްދުންތަކަކާ ވައްތަރު ކަމަށް އޭނާ ބުނެފި އެވެ.

ކަންޔޭ ކުރި ޓްވީޓްތަކެއްގައި ބުނީ "ޑެޑްޕޫލް" ގެ ދެ ފިލްމް ވެސް ވަރަށް ކަމުދިޔަ ކަމަށެވެެ. އަދި އޭގެ ޓްރެކްތައް އޭނާގެ މިއުޒިކްތަކާ ވަރަށް ވައްތަރު ކަމަށް ބުންޏެވެ.

ކިމް ކާޑޭޝިއޭޝަންގެ ފިރިމީހާ ބުނި ގޮތުގައި "ޑެޑްޕޫލް" ގެ މިއުޒިކް އޭނާ ލައްވައި ހައްދަން ބޭނުން ނަމަ އެކަމަށް ހުންނާނީ ތައްޔާރަށެވެ. އަދި އެ ފުރުސަތު ދެން ފަހަރަކުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

ކަންޔޭގެ ޓްވީޓް.

ރަޔަން ރެނޮލްޑްސް ޓައިޓްލް ރޯލް ކުޅޭ "ޑެޑްޕޫލް" ގައި ދެވަނަ ބައިގައި ހިމެނޭ ޓްރެކްތަކުގެ ތެރެއިން މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ އޮރިޖިނަލް ޓްރެކް "އޭޝެސް" ވެސް ހިމެނެ އެވެ.

ކަންޔޭގެ ޓްވީޓްތަކާ ގުޅިގެން ރަޔަން ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ވާހަކަތަކަށް އެއްބަސްވާ ކަމަށާއި ސެލީން ޑިއޮންއާ ވާހަކަ ދައްކައިލާނެ ކަމަށެވެ.

ރަޔަންގެ ޓްވީޓް.

މިދިޔަ މަހުގެ 15 ގައި ރިލީޒް ކުރި "ޑެޑްޕޫލް 2" އަށް ބޮކްސް އޮފީހުގައި 615.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމް ހަދަން ހަރަދު ކުރީ 110 މިލިއަން ޑޮލަރެވެ.

"ޑެޑްޕޫލް" ގެ ފުރަތަމަ ބައި ގެނެސް ދިނީ 2016 ގަ އެވެ. ޖުމްލަ 58 މިލިއަން ޑޮލަރުގެ ބަޓެކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 783.1 މިލިއަން ޑޮލަރު ލިބުނެވެ.