Roadha Mihaaru
ބިލް ޕެކްސްޓަންގެ މަރާ ގުޅިގެން ޑޮކްޓަރަށް ދައުވާކޮށްފި

އެކްޓަރު ބިލް ޕެކްސްޓަންގެ މަރުވިތާ އަހަރެއް ފަހުން ޑޮކްޓަރަށް ދައުވާކޮށްފި

14 ފެބުރުއަރީ 2018

"ޓައިޓޭނިކް" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ބިލް ޕެކްސްޓަން ހިތުގެ އޮޕަރޭޝަނެއްކޮށްގެން އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން މަރުވިތާ އަހަރެއްހާ ދުވަސް ފަހުން އޭނާގެ އާއިލާ އިން، ބިލް އޮޕަރޭޝަން ކުރި ޑޮކްޓަރު އަލީ ޙޮނޭޒާދުއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޓައިޓޭނިކް" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ބިލް ޕެކްސްޓަން ހިތުގެ އޮޕަރޭޝަނެއްކޮށްގެން އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން މަރުވިތާ އަހަރެއްހާ ދުވަސް ފަހުން އޭނާގެ އާއިލާ އިން، ބިލް އޮޕަރޭޝަން ކުރި ޑޮކްޓަރު އަލީ ޙޮނޭޒާދުއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ލޮސް އެންޖަލިސްގެ ސެޑާޒް-ސިނައި މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުން އަންނަނިކޮށް ބިލް، 61، މަރުވީ ފެބްރުއަރީ، 25، 2017 ގަ އެވެ.

އޭނާގެ އާއިލާ އިން ޑޮކްޓަރާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ބިލްގެ އާއިލާ އިން ދައުވާ ކުރަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު މަރުވީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް ބުނެ އެވެ. އާއިލާ އިން ބުނީ ބިލް މަރުވީ އޮޕަރޭޝަނުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޕްރޮސީޖާތައް ފުރިހަމަ ކުރުމުގައި ޑޮކްޓަރު އިހުމާލުވެ، ބިލް އަށް ކުއްލި ސްޓްރޯކެއް ޖެހި އެކަމަށް ވެސް އެށީގެންވާ ފަރުވާ ދިނުމުގައި އިހުމާލުވުމުން ކަމަށެވެ.

އެހެންވެ މިކަމުގައި ޑރ. އަލީގެ އިތުރުން ސެޑާޒް-ސިނައި މެޑިކަލް ސެންޓަރުން ވެސް ބިލްގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި ދައުވާ ކުރަނީ ޑޮކްޓަރާއި ސެންޓަރަށް ކަމަށް އާއިލާ އިން ބުންޏެވެ.

ނަމަވެސް ބިލްގެ އާއިލާގެ ތުހުމަތަކާ ބެހޭ ގޮތުން އަލީ ވެސް އަދި ސެޑާޒް-ސިނައި މެޑިކަލް ސެންޓަރުން ވެސް ވަކި އެއްޗެއް އަދި ނުބުނެ އެވެ.

Actor Bill Paxton maruvejje

Actor Bill Paxton maruvejje

The most trusted news source in the Maldives

Mihaaru

ބިލް ޕެކްސްޓަން މަރުވީ ފެބްރުއަރީ، 25، 2017 ގައި.

މުނިފޫހި ފިލުވުމުގެ ދާއިރާގައި 40 އަހަރު މަސައްކަތްކޮށްފައިވާ ބިލް ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ޓްވިސްޓާ (1996)، ދަ ޓާމިނޭޓާ (1984) އަދި ފްރެއިލްޓީ (2001) ހިމެނެ އެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ ޓޮމް ހޭންކްސް އާއި އެމާ ވަޓްސަންއާ އެކު، މިދިޔަ އަހަރު ރިލީޒް ކުރި ސައިންސް ފިކްޝަން ފިލްމް "ދަ ސާކަލް" އިންނެވެ.