Roadha Mihaaru
ޝަލަބީ އާއި މުއައްޒިންގެ އާ ލަވަ ކިހިނެއް؟

ޝަލަބީ އާއި މުއައްޒިންގެ އާ ލަވަ ކިހިނެއް؟

15 މެއި 2017

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހީމާއި މުއައްޒިން ވަކިވަކިން ނެރުނު ދެ ވީޑިއޯ ލަވަޔާ އެކު މިއުޒިކީ ދާއިރާގައި އެ ފަންނާނުންގެ އަޑު އިތުރަށް ގަދަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހީމާއި މުއައްޒިން ވަކިވަކިން ނެރުނު ދެ ވީޑިއޯ ލަވަޔާ އެކު މިއުޒިކީ ދާއިރާގައި އެ ފަންނާނުންގެ އަޑު އިތުރަށް ގަދަކޮށްފި އެވެ.

ފުރަތަމަ ސީޒަނުގެ ދެ ވަނަ ހޯދި ޝަލަބީގެ ލަވަ ކިޔުމުގެ ވައްޓަފާޅި ބޮޑަށް ވައްތަރީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒާ އެވެ. ރޮކްސްޓާގެ ނަމުން މަޝްހޫރުވި މުއައްޒިންއަކީ މެޓަލް/ރޮކް ސްޓައިލްގެ ފަންނާނެކެވެ.

ޝަލަބީގެ ވީޑިއޯ ލަވައަކީ "އާދޭސް" އެވެ. އެކަމަކު ކުރިން ބެލެވުނު ގޮތާ ހިލާފަށް، އެ ލަވަ ވެގެން ދިޔައީ ޝަލަބީގެ ސްޓައިލާ ތަންކޮޅެއް ތަފާތު ލަވައަކަށެވެ. "އާދޭސް"ގެ ޓީޒާ ވަރަށް ކުޑަކުޑަކޮށް ކުރިން ދައްކާލުމުން ގަބޫލު ކުރެވުނީ އެ ލަވަ ވެގެން ދާނީ ވަރަށް މަޑުމައިތިރި ލަވައަކަށް ކަމަށެވެ. އެކަމަކު އެއީ "ރޮކް" ސްޓައިލެއްގެ ލަވައެކެވެ.

ކުރިން ވެސް ހަމަ ހީކުރި ގޮތަށް މުއައްޒިންގެ "ލޭކޮކާ" ލަވަ ވެގެން ދިޔައީ ރޮކް ލަވައަކަށެވެ. ލަވައިގެ ވީޑިއޯ ވެސް ވަރަށް ތަފާތުކޮށް ގެނެސްދޭން މަސައްކަތްކޮށްފައިވެ އެވެ.

"އާދޭސް" އާއި "ލޭކޮކާ" ގެ އިތުރުން ރޭ ވަނީ މޯލްޑިވިން އައިޑޮލް ސީޒަން އެކެއް ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ އާ ލަވައެއް ވެސް ދައްކާލައިފަ އެވެ. އެއީ ލައިޝާ ޕްރޮމޯޓްކުރާ އެކްސް އެލް އިން ހަދާފައިވާ އިނގިރޭސި ލަވައެކެވެ.