Roadha Mihaaru
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން

ލޯކަލް ކައުންސިލް އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓު ލި: އީސީ

16 މެއި 2017

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖޭން 66 ޕަސެންޓް މީހުން ވޯޓު ލާން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖޭން 66 ޕަސެންޓް މީހުން ވޯޓު ލާން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ފުރިހަމަކަމާއެކު ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާފަދަ އޮމާން، އިންސާފުވެރި އިންތިހާބެއް ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މުޅި ރާއްޖޭގައި ބޭއްވި އިންތިހާބުގައި ވޯޓު ލި މީހުންގެ އަދަދެއް އީސީން ހާމައެއް ނުކުރެ އެވެ.

"ބޭރުގެ އޮބްޒާވަރުންނާއި ސިޔާސީ ޕާޓީތަކާއި އެޗްއާރުސީއެމާއި އެހެން ފަރާތްތަކުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްފައި ހުރި ބަސްތަކަށް ބަލާފައި ޔަގީން މި ކުރަނީ އަޅުގަނޑުމެން ބޭނުންވި ފަދަ އިންސާފުވެރި އަމާން، އޮމާން އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދެވިއްޖެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބާ ގުޅިގެން ކޮމްޕްލެއަންސް ބިއުރޯ އަށް 116 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އޭގެ ތެރެއިން 115 މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް މިއަދު ވާހަކަ ދައްކަވަނީ. އިންތިހާބާ ގުޅިގެން 116 މައްސަލައެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަކްރަމް މިއަދު ވާހަކަ ދައްކަވަނީ. އިންތިހާބާ ގުޅިގެން 116 މައްސަލައެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަކްރަމް ވިދާޅުވި ގޮތުގައި ކޮމްޕްލެއަންސް ބިއުރޯ އަށް މައިގަނޑު ގޮތެއްގައި ހުށަހެޅިފައި ހުރީ ވޯޓު ގުނުމާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކެވެ. އިންތިހާބާ ގުޅިގެން ހުށަހެޅީ ނަތީޖާ އަށް އަސަރު ކުރާ ފަދަ އެންމެ ޝަކުވާއެއް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި ތ. މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓު ލީ އެކަކަށް ނުބައި ކަރުހާދެއް ދިނުމުގެ މައްސަލަ އެވެ. އެ މައްސަލާގައި އީސީން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު ދެވަނަ ބުރެއް ބޭއްވުމަށެވެ. އެއީ އެކަމަކު ވޯޓު ދާދި ހަމަހަމަކޮށް ލިބުނު ހަތަރު ކެންޑިޑޭޓުންގެ މެދުގަ އެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ކުރިން ބޭއްވި އިންތިހާބުތަކާ އަޅާ ބަލާއިރު، މި ފަހަރު ހުށަހެޅުނު ޝަކުވާތައް މަދު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑިފުށީގެ އިތުރުން ށ. ކޮމަންޑޫގަ އެވެ. އިންތިހާބުގެ ދެ ވަނަ ބުރެއް ކޮމަންޑޫގައި ބާއްވަނީ ތިން ވަނަ ގޮނޑި އަށް މެމްބަރު ހޮވަން ހަމައެކަނި އެ ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި ތިން މައްސަލައެއް ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެއް މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އެކަމަކު ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮތުން މާލެ އާއި އައްޑޫ އާއި ފުވައްމުލައް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނަގާފައި ވަނީ ވެސް އެ ޕާޓީންނެވެ.