Roadha Mihaaru
ކިހާދޫގައި ރޯދަ ހަދިޔާއަކަށް ކޮންމެ މީހަކަށް ފަސް ކާށި

ކިހާދޫގައި ރޯދަ ހަދިޔާ އަކަށް ކޮންމެ މީހަކަށް ފަސް ކާށި

25 މެއި 2017

ބ. ކިހާދޫގެ ކޮންމެ މީހަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ފަސް ކާށި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ބ. ކިހާދޫގެ ކޮންމެ މީހަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ފަސް ކާށި ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކިހާދޫގެ ރެޖިސްޓަރީގައި އޮތް ކޮންމެ މީހަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ބަހާއިރު، ޖުމުލަ 475 މީހަކަށް ކާށި ލިބޭނެ ކަމަށް ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މާލިއްޔާގައި ނެތް ރޯދަ ހަދިޔާގެ ގޮތުގައި ކަރަންޓް ބިލް ދައްކައިދީ ބޮޑެތި އަދަދުން ފައިސާ ދެވޭކަށް. އެހެންވެ ރައްޔިތުންގެ ރުއްގަނޑުން މިފަހަރު މިދެނީ ކޮންމެ މީހަކަށް ފަސް ކާށި،" ނަސީމް ވިދާޅުވި އެވެ. "އެމީހަކު ބޭނުން ފަސް ކާށި ހޮވައިގެން ގެންދަންވީ." ކިހާދޫ ކައުންސިލުން ބުނީ ރަސްމީ ގަޑީގައި ރުއްގަނޑަށް ގޮސް އެ މީހަކު ބޭނުންވާ ފަސް ކާށި ކައުންސިލަށް ދެއްކުމަށް ފަހު ގެންދެވޭނެ ކަމަށެވެ. ކައުންސިލުން ކަނޑައަޅާފައި ވަނީ ރޯދަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކާށި ބަހައި ނިންމުމަށެވެ.

ރޯދަމަސް ފެށެން ދެ ދުވަހަށް ވެފައިވާއިރު، އެކި ރަށްރަށުގެ ކައުންސިލްތަކުން މިފަހަރު ވެސް އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ތަފާތު ހަދިޔާތައް ބަހަމުންނެވެ. ކަރަންޓް ބިލުގެ އެއްބައި ދައްކައި ދިނުމާއި ކާޑުގެ ބާވަތްތައް ބެހުން ފަދަ ކަންތައް އެކި ރަށްރަށުން ކުރެ އެވެ.