Roadha Mihaaru
ޑުވޯފް ފިލްމުގައި ޝާހްރުކާ އެކު ކެޓުރީނާ އާއި އަނުޝްކާ

ޝާހްރުކް ޑުވޯފެއްގެ ރޯލު ކުޅޭ ފިލްމުގައި ކެޓުރީނާ އާއި އަނުޝްކާ ބައިވެރިވެއްޖެ

28 މެއި 2017

އިހަށް ދުވަހު ޝޫޓިން ފަށާފައިވާ، ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅޭ، ޑައިރެކްޓަރު އާނަންދް އެލް. ރާއީގެ ފިލްމުގެ ބަތަލާއިންގެ ރޯލަށް އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް ސޮއިކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިހަށް ދުވަހު ޝޫޓިން ފަށާފައިވާ، ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅޭ، ޑައިރެކްޓަރު އާނަންދް އެލް. ރާއީގެ ފިލްމުގެ ބަތަލާއިންގެ ރޯލަށް އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފް ސޮއިކޮށްފި އެވެ.

ކުރިން މި ރޯލުތަކަށް ހަމަޖައްސާނީ އާލިއާ ބަޓް އާއި ދީޕިކާ ޕަދުކޯން ކަމަށް ޚަބަރު ފެތުރުނެވެ.

މި ފިލްމު ޚާއްސަވާ އެއް ސަބަބަކީ މިއީ ޝާހްރުކް ޑްވޯފެއްގެ ރޯލު ކުޅޭ ފުރަތަމަ ފިލްމަށް ވުމެވެ. މި ފިލްމަށް ކިޔަނީ "ކެޓުރީނާ މޭރީ ޖާން" ކަމަށް ކުރިން ޚަބަރު ފެތުރިފައި ވިޔަސް ފިލްމުގެ ޑައިރެކްޓަރު ބުނެފައިވަނީ އެއީ ދޮގެއް ކަމަށެވެ.

މިއީ ކުޑަ އަވަށެއްގައި ދިރިއުޅޭ މީހަކު އޭނާގެ ފޭވަރިޓް ބޮލީވުޑް އެކްޓަރާ ބައްދަލުކުރަން މުމްބައި އަށް ގޮސް އުޅެނިކޮށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށްވެ އެވެ.

ފިލްމުގައި އަނުޝްކާ ކުޅެނީ ސިކުނޑި ހަމަނުޖެހޭ މީހެއްގެ ރޯލެވެ. އަދި ކެޓުރީނާ ކުޅެނީ އޭނާގެ އަސްލު ކެރެކްޓާ އެވެ.

މީގެ ކުރިން ވެސް ޝާހްރުކް އާއި އަނުޝްކާ އަދި ކެޓުރީނާ ވަނީ އެކުގައި އެއް ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. އެއީ ޔާޝް ޗޯޕްރާގެ "ޖަބް ތަކް ހެ ޖާން" ގަ އެވެ.

މި ފިލްމު ރިލީޒްކުރަން ޝެޑިއުލްކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެންބަރު މަހު އެވެ.