Roadha Mihaaru
38 އަހަރަށް ފަހު "އިހްޔާ ޕްރޮގްރާމް" މެދުކެނޑިއްޖެ

38 އަހަރަށް ފަހު "އިހްޔާ ޕްރޮގްރާމް" މެދުކެނޑިއްޖެ

28 މެއި 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މީގެ ކުރިން ކޮންމެ އަހަރަކު ވެސް ބާއްވަވަމުން ގެންދެވި، ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް މި ރޯދަ މަހު ނޯންނާނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މީގެ ކުރިން ކޮންމެ އަހަރަކު ވެސް ބާއްވަވަމުން ގެންދެވި، ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް މި ރޯދަ މަހު ނޯންނާނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފި އެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމް ކޮންމެ ރޯދަ މަހަކު ވެސް ބާއްވާތާ 38 އަހަރު ވެއްޖެ އެވެ. އެކަމަކު މި އަހަރު މި ޕްރޮގްރާމް ނުބޭއްވުނީ، މައުމޫން ފައުންޑޭޝަނުން ބުނިގޮޮތުގައި އާއިލީ ސަބަބުތަކަށްޓަކައި އެ މަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުމުންނެވެ. އެމަނިކުފާނު އިންޑިއާގައި އުޅުއްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

އިހްޔާ ކުރުމުގެ ޕްރޮގްރާމް މި ފަހަރު ނުބޭއްވޭ ގޮތް ވުމުން މައުމޫން ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ.

މިދިޔަ އަހަރު ބޭއްވި އިހްޔާ ޕްރޮގްރާމް ނިންމަވާލެއްވުމަށް ފަހު، މައުމޫން ބަޔަކާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

މިދިޔަ އަހަރު ބޭއްވި އިހްޔާ ޕްރޮގްރާމް ނިންމަވާލެއްވުމަށް ފަހު، މައުމޫން ބަޔަކާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

އެ މަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 38 އަހަރު ވާންދެން ގަވައިދުން ބާއްވަމުން އަންނަ އެ ޕްރޮގްރާމް މި އަހަރު ނުބޭއްވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި ވީ އެންމެ އަވަހަކަށް އެ ޕްރޮގްރާމް ބާއްވާނެ ކަމަށެވެ.

މި ރަސްމިއްޔާތު ނުބާއްވާތީ ގިނަ ބަޔަކު އެކަމާ މެދު ސުވާލު ކުރަމުން އަންނަ ކަން ވެސް މައުމޫންގެ ޓްވީޓްގައި ފާހަގަކުރައްވާފައި ވެ އެވެ.

މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ކުރުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ވެސް އެ މަނިކުފާނު ވާހަކަ ދައްކަވަ އެވެ. އަދި ބައެއް އެހެން ދީނީ އިލްމުވެރިން ވެސް އެކިއެކި މައުލޫތަކަށް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަ އެވެ.