Roadha Mihaaru
އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު: ފައިސަލް

އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު: ފައިސަލް

05 ސެޕްޓެމްބަރ 2022

ކުރީގެ ވަޒީރު އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު ކަމަށާއި އުމަރު ޒާހިރުގެ ވާހަކަ އެކި ތަންތަނުގައި ދައްކަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ވަޒީރު އަދި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު ކަމަށާއި އުމަރު ޒާހިރުގެ ވާހަކަ އެކި ތަންތަނުގައި ދައްކަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި އަވަހާރަވި އުމަރު ޒާހިރުގެ ހަނދާނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފައުންޑޭޝަނުން އިސްވެ ތައްޔާރުކުރި ފޮތެއް ނެރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އުމަރު ޒާހިރުގެ ވާހަކަތައް ދެއްކުން އެ ހިސާބުން ނިންމާލައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ވާހަކަތައް ސްކޫލުތެރޭގައި ދައްކަން އެބަޖެހޭ. އެކި ތަންތަނުގައި ދައްކަން އެބަޖެހޭ. އަޅުގަނޑުމެންގެ ޒުވާނުން މޯޓިވޭޓް ކުރުމަށްޓަކައި ވެސް މި ވާހަކަ ދައްކަން އެބަޖެހޭ. މީހުންގެ ޕޮޒިޓިވް ވިސްނުން ގެނައުމަށްޓަކައި ވެސް އަޅުގަނޑުމެން މި ވާހަކަ ދައްކަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މީހަކު ރަނގަޅު ކަމެއް ކުރުމުން އެ ކަން ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ވެސް އުމަރު ޒާހިރުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި އުމަރު ޒާހިރުގެ ފަރާތުން ފެނިވަޑައިގެންނެވި އެންމެ މުހިންމު ކަމަކީ ކަމަށް ކަމޭ ހިއްތެވުމާއި ކުރައްވާ ކޮންމެ ކަމެއް ރަނގަޅަށް ކުރެއްވުމެވެ.

ނައިބު ރައީސް ފައިސަލް، ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް، ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ބައިސިކަލްކޮޅުގައި މާލޭގައި ދެކޮޅަށް ދުއްވި މަންޒަރު އަޅުގަނޑުމެން ދެކުނިން. ކައިރިން ކޮންމެ ކަމެއް ބެއްލެވި. ހަވާލުވެވަޑައިގަންނަވަނީ. ރަނގަޅު ވާހަކަފުޅެއް [މައުމޫން] އެ ވިދާޅުވީ. ޒިންމާ ނަންގަވަނީ. ޒިންމާ ހަވާލު ނުކުރެއްވިޔަސް ތިމާގެ އަމިއްލަ ކަމެއް ކަމަށް ދެކެވަޑައިގެން، ތިމާގެ ގައުމުކަން މިއީ، ތިމާގެ ރައްޔިތުންކަން މިއީ. ގައުމަށް އެންމެ ހެޔޮއެދޭ މީހުންގެ ސިފަތަކަކީ ކޮންމެހެން ކަމެއް ކޮށްދޭށޭ ނުބުންޏަސް އަމިއްލައަށް އެ ކަމަކާ ހަވާލުވެވަޑައިގެން އެ ޒިންމާއާ ހަވާލުވެވަޑައިގެން، ޒިންމާ އިން ނުރެކި އެ ކަމަކާ ހަވާލުވެވަޑައިގަތުން،" އުމަރު ޒާހިރަށް ތައުރީފު ކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

"އެ ގޮތުން އުމަރު ޒާހިރުގެ ފަރާތްޕުޅުން އަޅުގަނޑަށް ފެނުނު އެއް ސިފައަކީ ކުރެއްވި ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރެއްވުމުގެ އަޒުމް. ކައިރިން ބެއްލެވި. ހަމަ އެއާއެކު ގަޑިއަށް ފަރުވާތެރިކަން ބެހެއްޓެވި."

ފައިސަލް ވިދާޅުވީ، ރިވެތި އަހުލާގާއި އެންމެންނާ މެދު ހަމަހަމަކޮށް ކަންކަން ކުރެއްވުމަކީ ވެސް އުމަރު ޒާހިރުގެ ސިފަތަކެއް ކަމަށެވެ.

ރޭގެ ޖަލްސާގައި ނައިބު ރައީސް ފައިސަލާއި މައުމޫންގެ ދެކަނބަލުން އަދި އެހެން ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ނައިބު ރައީސް ފައިސަލާއި މައުމޫންގެ ދެކަނބަލުން އަދި އެހެން ބައެއް ބޭފުޅުން.---ފޮޓޯ: ރައީސް އޮފީސް

"އިންސާނެއްގެ ގައިގައި ހުންނާނެ އެންމެ މަތިވެރި، އެންމެ ރީތި ސިފަތަކެއް ދެން އަޅުގަނޑަކަށް ނުވިސްނޭ. މި ނޫން ކޮން އެހެން ރީތި ސިފަތަކެއްތޯ އިންސާނެއްގެ ސިފައިގައި ހުންނާނީ،" ފައިސަލް ވިދާޅުވި އެވެ.

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މި ހާލަތުގައި އުމަރު ޒާހިރު ހުންނަވާނީ މަގުމަތީގައި

އުމަރު ޒާހިރު އެ ބޭފުޅެއްގެ އަރިހުގައި އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރެއްވި ކުރީގެ ރައީސް މައުމޫން ރޭ ވިދާޅުވީ، މާލެ އަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފައިވާ މި ދުވަސްވަރު އުމަރު ޒާހިރު ދުނިޔޭގައި ހުންނެވި ނަމަ ފެންނާނީ މަގުމަތިން ކަމަށެވެ.

"ހުންނަވާނީ ހިޔާކުރި ތަނެއްގައެއް ނޫނޭ. ގެއަކު ނޫނޭ ހުންނަވާނީ. މަގުމަތީގައި ހުންނަވާނީ. ރަށުތެރޭގެ ހާލަތު ބައްލަވަން. ކޮން ތަނެއްގައިތޯ ފެންބޮޑުވެފައި އޮތީ؟ ކޮން ތަނަކަށްތޯ އެހީ ބޭނުންވަނީ؟ މި ކަންތައްތައް ކުރައްވަން އުމަރު ޒާހިރު ހުންނަވާނީ. އެއީ އަޅުގަނޑުމެންނަށް އުމަރު ޒާހިރުގެ ހަޔާތްޕުޅުން މި ލިބޭ އިބުރަތަކީ،" އެންމެ ފަހުގެ ދުވަސްތަކުގައި ވެސް އުމަރު ޒާހިރާ ގާތްގުޅުމެއް ބޭއްވެވި މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އުމަރު ޒާހިރުގެ މުރާލިކަމާއި އެއީ ކަމަށް ކަމޭހިތުމުގެ ނަމޫނާއެއްކަން އެނގިވަޑައިގަތުމުން، ނޮވެމްބަރު 11، 1978 ގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު، އޭގެ އަނެއް ދުވަހު ރައީސް އޮފީހުގެ ހާއްސަ ވަކީލުކަމުގެ މަގާމު އުމަރު ޒާހިރަށް ދެއްވި ކަމަށެވެ.

ރޭގެ ޖަލްސާގައި އުމަރު ޒާހިރަށް ތައުރީފު ކުރައްވައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި އުމަރު ޒާހިރަށް ތައުރީފު ކުރައްވައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭގެ ފަހުން އުމަރު ޒާހިރާ އެންމެ ފުރަތަމަ ހަވާލުކުރެއްވީ އޭރު މާލޭގައި ހިންގި ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުން ކަމަށާއި އެ ކަން ވެސް ވަރަށް ރަނގަޅަށް ކުރެއްވި ކަމަށެވެ. ހައްލު ގެނެސްދެއްވި އެވެ.

"އުމަރު ޒާހިރަކީ ހަމަ ހަގީގަތުގައި ވެސް ނަމޫނާ ބޭފުޅެއް. ނަމޫނާއަކީ ހަގީގަތުގައި މީހުންނަށް ކަމެއް ދަސްކޮށްދޭން ނުވަތަ މަގެއް ދައްކަން އެންމެ މޮޅު ވަސީލަތް. ނަމޫނާ ދެއްކީމާ އެ އަށް ތަބާވެގެން މީހުން ހިނގައިފިއްޔާ އޮންނާނީ ވަރަށް ރަނގަޅަށް އެ ކަންތައް ގޮސްފައި،" ޝީ ބިލްޑިންގްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އުމަރު ޒާހިރަކީ މައުމޫން ފައުންޑޭޝަންގެ އެންމެ މުހިންމު އެއް ތަނބެވެ. އެ ފައުންޑޭޝަން އުފެއްދުމާއެކު، އެ ޖަމާއަތާ ގުޅިވަޑައިގެން މަޝްވަރާ އާއި އިރުޝާދު އަދި ފައިސާގެ އެހީ ވެސް ދެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.

އުމަރު ޒާހިރާ ގުޅޭ ގޮތުން މައުމޫން ފައުންޑޭޝަނުން ތައްޔާރުކުރި ފޮތް ލިޔުއްވީ ނޫސްވެރިޔާ އަދި އެފަދަ ބޭފުޅުންގެ ފޮތްތައް ފަހަކަށް އައިސް ލިޔުއްވާ މުހައްމަދު ޖަމީލެވެ.