Roadha Mihaaru
ހަރުފައެއް އަނގައިން އެހެން ހަރުފައެއް

ހަރުފައެއް އަނގައިން އެހެން ހަރުފައެއް

31 މެއި 2017

ހަރުފަ އޭގެ ސައިޒަށް ވުރެ ބޮޑެތި ކިނބޫ ކާ މަންޒަރު ވެސް ބައެއް ފަހަރު ފެނެ އެވެ. އަނެއް ބައި ފަހަރަށް ހަރުފަ އިންސާނުން ވެސް ކަ އެވެ. އިންޑޮނީޝިޔާގައި ދާދި ފަހުން ވަނީ ހަރުފައެއް އިންސާނަކު ދިރުވާލާފަ އެވެ. ނަމަވެސް ހަރުފައެއް އެއާ އެއްވަރުގެ އެހެން ހަރުފައެއް ކާލާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ހަރުފަ އޭގެ ސައިޒަށް ވުރެ ބޮޑެތި ކިނބޫ ކާ މަންޒަރު ވެސް ބައެއް ފަހަރު ފެނެ އެވެ. އަނެއް ބައި ފަހަރަށް ހަރުފަ އިންސާނުން ވެސް ކަ އެވެ. އިންޑޮނީޝިޔާގައި ދާދި ފަހުން ވަނީ ހަރުފައެއް އިންސާނަކު ދިރުވާލާފަ އެވެ. ނަމަވެސް ހަރުފައެއް އެއާ އެއްވަރުގެ އެހެން ހަރުފައެއް ކާލާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.

އެމެރިކާގެ މީހަކު އިންޓަނެޓްގައި އާންމުކޮށްފައިވާ މި ވީޑިއޯ އަކީ އޭނާ ބުނި ގޮތުގައި އޭނާ އާއި އަންހެނުންނަށް އިއްތިފާގަކުން ނެގުނު ވީޑިއޯ އެކެވެ.

ކަޅުކުލައިގެ މާ ރީތި ބޮޑު ހަރުފައެއް ފެނިގެން އޭތި ވީޑިއޯ ކުރަނިކޮށް އޭގެ އަނގައިގެ ތެރެއިން އެހެން ހަރުފައެއް ނުކުންނަން ފެށީ ކަމަށް އެ މީހާ ބުނެފައިވެ އެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި ހަރުފަ ހޮޑަށް ލާއިރުވެސް ބަނޑުތެރެއިން އައި ހަރުފަ އޮތީ ދިރިދިރި އެވެ. އަދި ފަހުން ވެސް ކޮންމެވެސް ވަރަކަށް އޭތި ތެޅޭތަން ފެނެ އެވެ. ނަމަވެސް ނޭވާ ހާސްވެފައި އޮތުމުން އެސޮރު އޮތީ ބަލިވެފަ އެވެ.

މި ވީޑިއޯ ކުރި މީހާ ބުނީ ހަރުފަ އޭގެ ބަނޑުގައި އޮތް ހަރުފަ ބޭރުކޮށްލީ އެމީހުންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ކާލައިގެން ބަރުހެލިވެފައި އޮތް ހަރުފަޔަށް އެމީހުން ވީޑިއޯ ކުރަން ފެށުމުން އުނދަގޫވެގެން ހަރުފަ ހޮޑަށް ދުއްވާލީ ކަމަށް ލަފާ ކުރެވޭ ކަމަށް އެމީހާ ބުންޏެވެ.