31 މެއި 2017
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތަފާތު އެކި މަޝްރޫއުތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ނިންމައިފި އެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެސްޓީއޯ އިން ތަފާތު އެކި މަޝްރޫއުތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ނިންމައިފި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ވިޔަފާރި އިތުރަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެސްޓީއޯ އިން ބޭނުންވޭ ކުރަމުން އަންނަ މައިގަނޑު ވިޔަފާރިތަކުގެ ލީޑް ދަމަހައްޓަން. އެހެންވެ އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން. އެގޮތުން މިދަނީ ފިއުލް ސްޓޯރޭޖްގެ ޖާގަ ބޮޑު ކުރުމާއި ރެޑީ މިކްސް އާއި ގޯޑައުން ހެދުމަށް މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އާ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ ގުދަންތައް އެކި ސަރަހައްދުތަކުގައި ހުރުމުން ލޮޖިސްޓިކްސް އަށް ވަރަށް ބޮޑެތި މައްސަލަތައް ދިމާވާތީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި 200 މިލިއަން ރުފިޔާ ހޭދަކޮށްގެން މަލްޓި ސްޓޯރީ ގުދަނެއް ހަދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރާ އިންވެސްޓްމަންޓްތަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް އެއް ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް. އިރާދަކުރެއްވިއްޔާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ކަންތައްތައް ނިންމައި މީގެ ފައިދާ ކަސްޓަމަރުންނަށާއި ކުންފުންޏަށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން މިހާރު ކުރަން ނިންމާފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ 278 މިލިއަން ރުފިޔާ އަށް ތެޔޮ ޓޭންކަރެއް ގަތުމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާ އަށް 120 މިލިއަން ރުފިޔާ އިންވެސްޓްކުރުމުގެ އިތުރުން ފުނަދޫގައި ތެޔޮ ރައްކާކުރުމުގެ ޖާގަ ބޮޑުކުރާށާއި މަގަތު ފާލަން ބޮޑުކުރަން 91 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
އިންޑަސްޓްރިއަލް ވިލެޖްގައި ތެޔޮ ވިއްކާ ތަނެއް: 80 މިލިއަން ރުފިޔާ
ގޭސް ރައްކާކުރުމުގެ ޖާގަ ބޮޑުކުރުން: 62 މިލިއަން ރުފިޔާ
ރަށްރަށުގައި ތެޔޮ ރައްކާކުރުން: 58 މިލިއަން ރުފިޔާ
ހުޅުމާލޭގައި ބެޗިން ޕްލާންޓެއް ހެދުން: 35 މިލިއަން ރުފިޔާ
ރޭގެ ޖަލްސާގައި ހިއްސާދާރުންނަށް ކުންފުންޏާ ބެހޭ މައުލޫމާތު ދެއްވަމުން ޝަހީރު ވިދާޅުވީ މިދިޔަ ތިން އަހަރު އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށްގެން 500 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ވިޔަފާރިކޮށްގެން އެންމެ ބޮޑު ފައިދާ ހޯދުމަށް ވުރެ އެކަށީގެންވާ ފައިދާއެއް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން އެސްޓީއޯއަކީ ޕްރޮފިޓް މެކްސިމައިޒްކުރާނެ ކުންފުންޏެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ރީޒަނަބްލް ޕްރޮފިޓެއް ނެގުމަށް ފަހު އަޅުގަނޑުމެންގެ ހިއްސާދާރުންނަށް ރަނގަޅު ރިޓާންއެއް ދިނުމަށް ފަހު އެސްޓީއޯއިން ކުރިޔަށް ރޭވިފައި ހުރި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިނޭންސް ރިޓެއިންކުރުން،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯއިން 393 މިލިއަން ރުފިޔާ އިންވެސްޓްކުރި
އެސްޓީއޯ އަށް ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ
އެސްޓީއޯ ކާޑު ގުދަން އިންޑަސްޓްރިއަލް ވިލެޖަށް
"ތެޔޮ ރައްކާކުރަން މާގިރި ފަޅު 18 މަހުން ހިއްކާނެ"
ފުނަދޫގެ ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރަނީ
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެކައުންޓް ރަޖިސްޓްރީކުރުމުން ފައިދާ ޖަމާވާނެ: އެސްޓީއޯ
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި