Roadha Mihaaru
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި، އަންހެނުންނަށް އިސްކަން ދޭނެ

08 މާޗް 2022

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ އާއްމު ހިއްސާދާރުންނަށް މިއަދު ހުޅުވާލައިފި އެވެ.

އެ މަގާމަށް ހުށަހަޅަން ޝަރުތު ހަމަވާ ހިއްސާދާރުން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ މި މަހުގެ 31ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ. ފޯމު ހުށަހަޅަން ޖެހޭނީ އީމެއިލް، [email protected] މެދުވެރިކޮށެވެ. އެސްޓީއޯގެ ވެބްސައިޓު މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޝަރުތު ހަމަވާ ހިއްސާދާރުންނާ އެސްޓީއޯގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއު ކުރާނެ އެވެ. އިންޓަވިއުއިން ޝޯޓް ލިސްޓް ކުރާ ނަންތައް ބޯޑުން މިއަހަރު އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅާނެ އެވެ.

ބޯޑަށް ޑިރެކްޓަރަކު އައްޔަން ކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. މިއަހަރުގެ އާއްމު ޖަލްސާ އޮންނަ ތާރީހެއް އަދި އެ ކުންފުނިން އިއުލާން ކޮށްފައި ނުވެ އެވެ.

އެސްޓީއޯއިން ބުނީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޯޑު ޑިރެކްޓަރަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އެކަމަށް ކުރިމަތިލާ ހިއްސާދާރުން އިވެލުއޭޓް ކުރާއިރު "ޖެންޑަ ޑައިވާސިޓީ" އަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އާއްމު ހިއްސާދާރުންގެ އިތުރުން ސަރުކާރުގެ ފަރާތުން ބޯޑުގައި ތިއްބަވާ މެމްބަރުންނަށް ބަދަލު ގެންނަން ބޭނުންވާ ނަމަ އެ ފުރުސަތު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުޅުވާލާފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.